ދީނީ ދަރުސް ސްޕޮޓްތަކެއް ދިރާގު މައި ޓޯންސްގެ ގޮތުގައި ޖަމްޢިއްޔަތުއްސަލަފުން ތަޢާރަފްކޮށްފިއެވެ.
މައިޓޯންސްގެ ގޮތުގައި ތަޢާރަފްކޮށްފައިވާ 50 ދަރުސް ސްޕޮޓްތަކުގެ ތެރޭގައި ހިމެނެނީ އެޖަމްޢިއްޔާގެ ފަރާތުން ބާއްވާފައިވާ އެކި ދަރުސްތަކުން ހޮވާލެވިފައިވާ ސްޕޮޓްތަކެވެ. މިގޮތުން ޝައިޚް އާދަމް ޝަމީމް އާއި ޝައިޚް އަޙްމަދު ސަމީރު ގެ އިތުރުން އެހެން ބައެއް ޝައިޚުންގެ ދަރުސް ސްޕޮޓްތައް ހިމެނެއެވެ.
މައިޓޯންސްގެ ގޮތުގައި މި ދަރުސް ސްޕޮޓްތައް އެކްޓިވޭޓް ކޮށްގެން އިސްލާމް ދީނުގެ ދަޢުވަތު ފޯރުކޮށްދިނުމުގައި އެހީތެރިވެވިދާނެއެވެ. ޖަމްޢިއްޔަތުއްސަލަފުން ހާމަކުރާ ގޮތުގައި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ އިތުރު ދަރުސް ސްޕޮޓްތައް މައިޓޯންސް ގެ ގޮތުގައި ތަޢާރަފްކުރުމަށް އެޖަމްޢިއްޔާ އިން ދަނީ މަސައްކަތްކުރަމުންނެވެ.
މައިޓޯންސް އެކްޓިވޭޓް ކުރުމަށްޓަކައި 155 ށް ގުޅުއްވާ ބޭނުންވާ މައިޓޯން އައިޑީ ޖައްސަވާށެވެ. ތިރީގައި މި ހިމަނާލަނީ ޖަމްޢިއްޔަތުއްސަލަފުން ތަޢާރަފްކޮށްފައިވާ ދިރާގު މައިޓޯންސް ދަރުސް ސްޕޮޓްތަކުގެ ލިސްޓެވެ.





ކޮމެންޓް (0)
ލޯޑް ކުރަމުން...