ނ.އަތޮޅުގެ ހުރިހާ ރަށްތަކުގައި ދީނީ ދަޢުވަތު ދިނުމުގައި ހަރަކާތްތެރިވާ ޒުވާނުންނާއި ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން މާދަމާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށް އެޖަމްޢިއްޔާއިން ހާމަކޮށްފިއެވެ.
ޖަމްޢިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ނ.މަނަދޫގައި ހުންނަވާ ދިއިސްލާމަށް މިއަދު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މަނަދޫގައި ހެނދުނު 10:00 ގައި ކަމަށެވެ.
އެރަށުގައި ހުންނަ އަތޮޅު މަދަރުސާގައި ބާއްވާ މިބައްދަލުވުމަކީ މެއި 12 ން 14 ށް "ނޫނު ރިޙްލާ" ގެ ނަމުގައި ނ.އަތޮޅުގެ ރަށްތަކުގައި ސަލަފުން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ޚާއްޞަ ހަރަކާތެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...