ރާއްޖޭގެ ޚަބަރު "ނޫނު ރިޙްލާ" : ނ.ވެލިދޫގައި މިރޭ ޝައިޚް އާދަމް ޝަމީމް ދެއްވާ ދަރުސް ރޭޑިއޯ އެޓޯލް އިން ލައިވްކުރުމަށް މަސައްކަތްކުރަނީ

"ނޫނު ރިޙްލާ" : ނ.ވެލިދޫގައި މިރޭ ޝައިޚް އާދަމް ޝަމީމް ދެއްވާ ދަރުސް ރޭޑިއޯ އެޓޯލް އިން ލައިވްކުރުމަށް މަސައްކަތްކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

"ނޫނު ރިޙްލާ" ގެ ނަމުގައި ޖަމްޢިއްޔަތުއްސަލަފުން ނ.އަތޮޅުގެ ރަށްތަކުގައި މެއި 12 ން 14 ށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން މިރޭ ނ.ވެލިދޫގައި ޝައިޚް އާދަމް ޝަމީމް ދެއްވާ ދަރުސް ރޭޑިއޯ އެޓޯލް އިން ލައިވްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އެޖަމްޢިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ ނ.މަނަދޫގައި ހުންނަވާ ދިއިސްލާމަށް މިއަދު ދެއްވި ބަސްދީގަތުމެއްގައެވެ.

ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އެރަށުގައި ހުންނަ ނ.އަތޮޅު ތަޢުލީމީ މަރްކަޒްގެ ހޯލްގައި މިރޭ 20:30 ގައެވެ.

ވެލިދޫގެ އިތުރުން މިރޭ ކުޅުދޫ، ކެނދިކޮޅުދޫ، ހޮޅުދޫ އަދި މާފަރުގައި ދަރުސް ބޭއްވުމަށް ރޭވިފައިވާ ކަމަށް ސަލަފުން ހާމަކުރެއެވެ.

މިރިޙްލާގައި ރޭ ޅޮހީގައި ބޭއްވި ޝައިޚް މުޙައްމަދު އިބްރާހީމްގެ ދަރުސް ރޭޑިއޯ އެޓޯލް އިން ލައިވް ކުރަން ހަމަޖެހިފައިވަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ލައިވްކުރެވޭގޮތް ނުވެފައިވާ ކަމަށް ސަލަފްގެ އޮފިޝަލަކު މަޢުލޫމާތު ދެއްވިއެވެ.

ޓެގް

ރިޙްލާ، ޖަމްޢިއްޔަތުއްސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.