ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އިސްލާމިކް މިނިސްޓްރީ އިން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުންގެ ދަށުން، ކޮންމެ ހުކުރު ދުވަހެއްގެ ރޭ އިޝާ ނަމާދަށްފަހު މާލެ ސިޓީގެ މިސްކިތްތަކުގައި ބާއްވަމުން ގެންދާ ދަރުސްތަކުގެ ތެރެއިން 13 މެއި ދުވަހުގެ ރޭ (މިރޭ) ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްތަކުގެ ތާވަލް އިސްލާމިކް މިނިސްޓްރީ އިން ޢާއްމުކޮށްފިއެވެ.
މިގޮތުން މިރޭގެ ދަރުސް ތާވަލް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.
1- މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް - އައްޝައިޚް އިލްޔާސް ޖަމާލް
2- މަސްޖިދު ޖަލާލުއްދީން- އައްޝައިޚް އުޘްމާން ޢަބްދުﷲ
3- މަސްޖިދު އިބްރާހީމް - އައްޝައިޚް މުޙައްމަދު އިޔާޟް
4- މަސްޖިދު ނޫރު - އަލްއުސްތާޛް އަޙްމަދު މައުމޫން
5- މަސްޖިދު ޞަލާހުއްދީން - އަލްއުސްތާޛް އަޙްމަދު ނިޒާމް
6- މަސްޖިދުއް ޤާސިމް ބިން އަލްޘާނީ (ހުޅުމާލެ) - އަލްއުސްތާޛް ޙަސަން ސަޢީދު
7- މަސްޖިދު އިޚްލާޞް (ވިލިމާލެ) - ޙުސައިން ރަޝީދު އަޙްމަދު
މިދަރުސްތަކަށް ވީހާވެސް ގިނަ ބަޔަކު ޙާޟިރުވުމަށް އިސްލާމިކް މިނިސްޓްރީ އިން އެދލިލައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...