ރާއްޖޭގެ ޚަބަރު ފަތިހު ދިންހަމަލާ ތަކެއްގައި ފަރުވާ ދެމުންދަނިކޮށް އުމުރުން 21 އަހަރުގެ ޒުވާނެއް މަރުވެޖެ!

ފަތިހު ދިންހަމަލާ ތަކެއްގައި ފަރުވާ ދެމުންދަނިކޮށް އުމުރުން 21 އަހަރުގެ ޒުވާނެއް މަރުވެޖެ!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ޝާހް

މަރުގުހުކުމް ތަންފީޒްކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ގިނަމެމްބަރުން އިއްޔެ ވާހަކަ ދައްކަވާފައި ވަނިކޮށް މިއަދުގެ ފަތިހުގެ ވަގުތެއްގައި މާލޭ ސިޓީގައި ތޫނު އެއްޖަކުން ހަމަލާދީ، ފަރުވާދެވެމުން ދަނިކޮށް އުމުރުން 21 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

އައްޑު އަތޮޅު ހިތަދޫ އަހުސަން ބަސީރު މަރުވެފައި ވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައި ދެވުނު ހަމަލާ ތަކަކަށް ފަރުވާދެމުން ގެންދަނިކޮށް މިއަދު ހެދުނު 8.20 އެހާކަންހާއިރު އައިޖީއެމްއެޗްގެ އޮޕަރޭސްން ތިއޭޓަރުގައެވެ.

މިމައްސަލައިގައި ފުލުހުން ބުނެފައިވަނީ ރޭ ދަންވަރު 3.30 ހާއިރު މާރާމާރީ ހިންގީ މަޖީދީމަގު އަލިކިލޭގެފާނުމަގު ޓްރެފިކް ލައިޓްކައިރީ ގައި ކަމަށާއި ހަމަލާގައި މަރުވި ބަސީރުގެ ހަށިގަނޑު ފުލުހުން ބެލިބެލުމުން ތޫނު އެއްޗަކުން ބަސީރު ބުރަކަށިން ހަތަރު ތަނަކާއި، މެޔާއި ދިމާލުން ތަނެއް ޒަހަމް ކޮށްލައިފައިވާ ކަމަށެވެ. އަދި އައިޖީއެމްއެޗް އިން ކަށަވަރުކޮއްދޭ ގޮތުގައި މަރުވި އަހުސަން ބަސީރުގެ ކަރަށާއި ދެކޮނޑަށް ވަނީ ވަޅިހަރާފައެވެ.

އިތުރަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ ތުހުމަތުކުރެވޭ ފަރާތްތަކެއް ބުނަން އަދި އަވަސް ކަމަށާއި މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށެވެ. ނަމަވެސް އޮންލައިން ނިއުސްތައް ބުނާގޮތުން މިހަމަލައިގެ ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރާލުމުގެ ތުހުމަތުގެ މައްސަލަގައި ހައްޔަރު ކުރުމަށްފަހު ހަމަސްވީ އިރު ވެސް މެޑިކޯ ލީގަލް ރިޕޯޓް ނުލިބިގެން ކޯޓުން ދޫކޮށްލި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް ހިމެނެ އެވެ.

މިފަދަ ރަހުމްކުޑަ ޖަރީމާތައް މިގައުމުގައި އާއްމު ވަމުންދަނީ މީހުން މަރާ މީހުންނަށް އިސްލާމީ ސަރީއަތުގައި އޮންނަ ހައްގު އަދަބު ނުދެވި އެ ތަންފީޒް ނުކުރެވޭތީކަން ގިނަބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ. މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މައާފް ކޮއްދިނުމާއި އަދަބު ލުއިކޮއްދިނުމުގެ ބިލަށް ހުށަހެޅިފައިވާ އިސްލާހުގައި ވާގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮއްދެއްވުމަކީ މި ފަދަ ޖަރީމާތައް ތަކުރާރު ވިޔަނުދިނުމަށް އެޅިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމުގައި ގިނަބަޔަކު ފާހަގަ ކުރެއެވެ. އަދި މިފަދަ ރަހުމު ކުޑަ އަމަލުތައް ކުރާމީހުން މުޖުތަމައުތެރޭގައި އެއްވެސް ހިފެހެއްޓުމެއް ބެލުމެއްނެތި އުޅެމުންދާއިރު މިކަމުގެ ޒިންމާނަގާނީ ކޮންފަރާތަކުންތޯ މިއަދު މީ ކޮއްލަން ރަނގަޅު ސުވާލެކެވެ.

ޓެގް

ޒުވާނުން ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.