ރާއްޖޭގެ ޚަބަރު ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ ސަބަބަކީ ޢިލްމު ނެތުން : ޑީ.ޕީ.އާރ.އެސް ގެ ޑިރެކްޓަރ ޖެނެރަލް

ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ ސަބަބަކީ ޢިލްމު ނެތުން : ޑީ.ޕީ.އާރ.އެސް ގެ ޑިރެކްޓަރ ޖެނެރަލް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ ސަބަބަކީ ޢިލްމު ނެތުމުގެ ސަބަބުން ކަމުގައި ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން (ޑީ.ޕީ.އާރ.އެސް) ގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާފުށީ ޖަލުގައި ތިބި ޤައިދީންނަށް ދީނީ މަޢުލޫމާތު ފަސޭހައިން ލިބޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން އިއްޔެ އިސްލާމިކް މިނިސްޓްރީ އިން މާފުށީ ޖަލުގައި އިސްލާމިކް ލައިބްރަރީގެ ކޯނަރއެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވުމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މިފަދަ ކޯނަރއެއް ހުޅުވުމުން އޭގެ ފައިދާ ލިބިގެން ދާނެކަމަށާއި، ޖަލުގެ ޙާލަތު ރަނަގަޅުކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީ އިން ވެދެއްވަމުންދާ އެހީ ފާހަނގަކޮށް އެމިނިސްޓްރީ އަށް ޝުކުރު އަދާކުރެއްވިއެވެ.

އިސްލާމިކް މިނިސްޓްރީ އިން ހާމަކުރައްވާ ގޮތުގައި މާފުށީ ޖަލުގައި މިފަދަ ކޯނަރެއް ހުޅުވުމުގެ މަޤްޞަދަކީ ޖަލުގައި ތިބޭ ޤައިދީންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، ގިނަ ދީނީ މަޢުލޫމާތުތަކެއް ފަސޭހައިން ލިބޭނެގޮތް ހެދުމެވެ.

އިސްލާމިކް މިނިސްޓްރީ ގެ ނާއިބު އައްޝައިޚް މުޙައްމަދު ފާރޫޤް މިކޯނަރ ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އިސްލާމިކް ލައިބްރަރީގެ ކޯނަރއެއް މާފުށީ ޖަލުގައި ޤާއިމްކުރުކުރުމަށާއި، ޖަލުގައި ތިބޭ ޤައިދީންނަށްނަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވާތީ އެމަނިކުފާނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ލައިބްރަރީއަށް އިތުރު ފޮތްތައް ފޮނުއްވައި ދެއްވާނެކަމަށާއި، ޖަލުގައި ތިބޭ ގައިދީންނަށް ޚާއްޞަކޮށްގެން މިހާރަށްވުރެ އިތުރަށް ދީނީ ގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ޤަޞްދުކުރާ ކަމުގައި ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.