ރާއްޖޭގެ ޚަބަރު ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރގެ އޮޑިޝަންތައް ފެށިގެން ކުރިއަށްދަނީ

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރގެ އޮޑިޝަންތައް ފެށިގެން ކުރިއަށްދަނީ

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރގެ އޮޑިޝަންތައް ފެށިގެން ކުރިއަށްދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި 2018 މިފަހަރު ތަފާތެވެ. ކުރިން ބޮޑެތި މީހުނަށް އަމާޒުކޮށްގެން ގެނެސްދިން މި ޤުރުއާން މުބާރާތް މިފަހަރު އަމާޒުކޮށްފައިވަނީ ކުޑަކުދިންނަށެވެ. އުމުރުން 8 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މުބާރާތުން 1 ވަނައަށްދާ ފަރާތަކަށް 3 ލައްކަ ރުފިޔާ، 2 ވަނައަށްދާ ފަރާތަކަށް 1 ލައްކަ 50 ހާސް ރުފިޔާ އަދި 3 ވަނައަށްދާ ފަރާތަކަށް ބައިލައްކަ ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ކޯ-ސްޕޮންސާއަކީ ދިވެހިރާއްޖޭގެ އިސްލާމިކް ބޭންކެވެ.

މުބާރާތުގެ އޮޑިޝަންތައް މިހާރު ފަށާފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހުވަނީ ޅ. ނައިފަރުގެ އޮޑިޝަން ކުރިއަށް ގެންގޮސްފައެވެ. އަލިގަދަ ތަރީގެ ޕްރޮޑަކްޝަން ޓީމުން މަޢުލޫމާތު ދެއްވި ގޮތުގައި ހީވެސް ނުކުރާވަރުގެ ތަރުޙީބެއް ވަނީ މި އޮޑިޝަނުން ލިބިފައެވެ.

ކުރިއަށް ދެން އޮތީ ސ. ހިތަދޫގެ އޮޑިޝަނާއި، ހއ. ދިއްދޫގެ އޮޑިޝަނެވެ. ދެ އޮޑިޝަންވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވާ ހޮނިހިރު  ދުވަހުގެ ހެނދުނު  09:00 ގައެވެ. ހިތަދޫގެ އޮޑިޝަން އައްޑޫ ސިޓީ ކައުންސިލް ކޮންފަރެންސް ހޯލުގައި އޮންނައިރު، ދިއްދޫގެ އޮޑިޝަން އޮންނާނީ ހއ. އަތޮޅު ކައުންސިލްގެ މީޓިންގ ރޫމްގައެވެ. މީގެ އިތުރުން މާލޭގެ އޮޑިޝަންތައްވެސް އަދި ކުރިއަށް އޮތީއެވެ.

އޮޑިޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފައެވެ. ET ހުސްތަންކޮޅެއް ދޫކޮށްލެއްވުމަށްފަހު ނަން، އުމުރު، ރަށް އަދި އަތޮޅު ޖެއްސެވުމަށްފަހު މެސެޖް ކުރައްވާނީ 300 އަށެވެ. ލަސްނުކޮށް އަވަހަށް އެސްއެމްއެސް ކުރައްވާށެވެ. ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާށެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ ރޮނގުން ކުރިއަށް ދިއުމަށް މިއީ ލިބޭ ރަނުގެ ފުރުސަތެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.