ރާއްޖޭގެ ޚަބަރު އައިޔޫއެމްއާއި މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ތައުލީމްގެ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިޔޫއެމްއާއި މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ތައުލީމްގެ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިޔޫއެމްއާއި މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ތައުލީމްގެ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެިހރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އާއި މަދީނާ އިސްލާމިކް ޔުނިވަރސިޓީއާއި ދެމެދު ތައުލީމްގެ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އައިޔޫއެމްގައި އޮތް ރަސްމިއްޔާތުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ޗާންސެލަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދުއެވެ. މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެޔުނިވަރސިޓީގެ ރެކްޓަރ ޑރ ހާތިމް އަލް މަރްޒޫޤް އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗާންސެލަރ ޑރ ޝަހީމް ވިދާޅުވީ މިއަދު ސޮއިކުރެވިގެންދިޔަ އެއްބަސްވުމާއެކު ތައުލީމާއި ތަމްރީންގެ ފުރުޞަތުތަކާއި ސްކޮލަރޝިޕްގެ ފުރުސަތުތަކުގެ އިތުރުން ޢިލްމީ ދިރާސާތައް ސުޕަރވައިޒްކުރުމުގައި މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސައުދީ އަރަބިޔާއާއި ރާއްޖެއާއި ދެމެދު ގުޅުން ބަދަހިވެގެންދާނެ ކަމަށް ޑރ ޝަހީމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މަދިނާ ޔުނިވަރސިޓީގެ ރެކްޓަރ ޑރ ހާތިމް ވިދާޅުވީ މިއެއްބަސްވުމުގެ ސަބަބުން ދެޔުނިވަރސިޓީގެ މެދުގައި ގުޅުން ބަދަހިވެގެން ދާނެކަމަށާއި މިއެއްބަސްވުމުގެ ދަށުން ދެޔުނިވަރސިޓީއިން ގުޅިގެން ޢިލްމީ ޕްރޮގްރާމްތައް ހިންގުމާއި ޢިލްމުވެރިން ބަދަލުކުރުމުގެ ކަންކަން ކުރެވިގެންދާނެ ކަމަށެވެ.

ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ޑރ ހާތިމް ރާއްޖެ ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.