ރާއްޖޭގެ ޚަބަރު ޙައްޖުގެ އިންތިޒާމްތައް ބައްލަވައިލެއްވުމަށް އިސްލާމިިކް މިނިސްޓަރު ސަޢުދީއަށް

ޙައްޖުގެ އިންތިޒާމްތައް ބައްލަވައިލެއްވުމަށް އިސްލާމިިކް މިނިސްޓަރު ސަޢުދީއަށް

ޙައްޖުގެ އިންތިޒާމްތައް ބައްލަވައިލެއްވުމަށް އިސްލާމިިކް މިނިސްޓަރު ސަޢުދީއަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

1439 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ބައްލަވާލެއްވުމަށް އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ސައުދީ އަރަބިޔާއަށް ވަޑައިގެންފިއެވެ.

މިނިސްޓަރުގެ މިދަތުރުގައި ސަޢުދީގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޙައްޖު އެންޑް ޢުމްރާއާ ބައްދަލުކުރައްވައި ޙައްޖު އަޅުކަމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތްތަކާއި ރާއްޖެއިން މިއަހަރު ޙައްޖަށް ދިއުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ލުއިފަސޭހަ ވާނެގޮތަށް އިންތިޒާމްތައް ހަމަޖެއްސުމާގުޅެގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރުގެ އަރިހުގައި އިސްލާމިކް މިނިސްޓްރީގެ އެކްޒެކެޓިވް ކޯޑިނޭޓަރ އައްޝައިޚް ޢަލީ ޝަރީފް ބައިވެރިވާއިރު މިދަތުރުފުޅު ނިންމަވާލައްވައި އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.