ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މުސްލިމުންގެ ގުޅުމުގެ ފަރާތުން އިންތިޒާމްކޮށްގެން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކުންގެ ދަށުން، ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ އިޝާ ނަމާދަށްފަހު ބަންޑާރަ މިސްކިތުގައި ބާއްވަމުން ގެންދާ ދަރުސްގައި މިރޭ ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޝައިޚް އަޙްމަދު ސަމީރު ކަމަށް ދއިސްލާމް އަށް މަޢުލޫމާތު ލިބިއްޖެއެވެ. މިދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ ބަޔަކު ހާޟިރުވުމަށް މުސްލިމުންގެ ގުޅުމުން އެދިލައްވައެވެ. ______________________________________________________________________________
މުސްލިމުންގެ ގުޅުމުގެ ފަރާތުން އިންތިޒާމްކޮށްގެން ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ އިޝާ ނަމާދަށްފަހު ބަންޑާރަ މިސްކިތުގައި ބާއްވާ ސިލްސިލާ ދަރުސް
ދަރުސް ދެއްވާނީ : ޝައިޚް އަޙްމަދު ސަމީރު
ތަން : ބަންޑާރަ މިސްކިތް
ގަޑި : 3 މާޗް 2011 ، ބުރާސްފަތި ދުވަހުގެ ރޭ އިޝާނަމާދަށްފަހު (މިރޭ)

ކޮމެންޓް (0)
ލޯޑް ކުރަމުން...