ރާއްޖޭގެ ޚަބަރު ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް މިލަދޫއިން މިހާތަނަށް އެއްލައްކައަށްވުރެ ގިނަ ރުފިޔާ

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް މިލަދޫއިން މިހާތަނަށް އެއްލައްކައަށްވުރެ ގިނަ ރުފިޔާ

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް މިލަދޫއިން މިހާތަނަށް އެއްލައްކައަށްވުރެ ގިނަ ރުފިޔާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ނ މިލަދޫއިން އެއްލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ފަންޑް ހޯދުމަށް މިލަދޫ ޔޫތް މޫވްމަންޓް (މީމް) އިން އިސްނަގައިގެން ގިނަ ހަރަކާތްތަކެއްވަނީ އެރަށުގައި  ހިންގާފައެވެ. އެގޮތުން ސްކޫލްގައި ބެހެއްޓުނު ފަންޑު ފޮށީގެ އިތުރަށް މަސައްކަތު ދުވަސް ފާހަގަކޮށްގެން ދިވެހި ފައިސާގެ ގޮތުގައި 103512 ރުފިޔާ އާއި 34 ޑޮލަރު ވަނީ ލިބިފައެވެ.

މިލަދޫގައި ކައުންސިލް އާއި ރަށުގެ ގިނަ ރައްޔިތުންގެ އިތުރުން ސަރުކާރުގެ އޮފީސްތަކުންވެސް މިހަރަކާތްތަކުގައި ބައިވެރިވެފައިވާއިރު އެހީގެ ގޮތުގައި ލިބުނު ފައިސާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން  މެދުވެރިކޮށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް މީމް ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަނީ ފަންޑް ހޯދުމުގެ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

ޓެގް

ރޮހިންޖާ ފަންޑު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.