މިޔަންމާގެ ސަލާމަތީ ބާރުތަކުންނާއި އެޤައުމުގެ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ބުޑިސްޓުންގެ ޖަމާއަތްތަކުން އެޤައުމުގެ ރޮހިންގިޔާ ދަރިކޮޅުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތަކާ ގުޅިގެން، ރާއްޖެ އާއި މިޔަންމާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.
މިކަމާއި ގުޅޭގޮތުން ދިވެހި ޚާރިޖީ ވުޒާރާއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޮހިންގިޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާއިން ހިންގާ ލާއިންސާނީ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ރާއްޖެއިން ކުށްވެރި ކުރާ ކަމަށާއި އަދި ފަހަކަށް އައިސް ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގައި އެތައް ސަތޭކަ ރޮހިންގިޔާ މުސްލިމުންނެއް މަރުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާތީ އެކަމާ ރާއްޖެއިން އިންތިހާއަށް ހިތާމަކުރާ ކަމަށެވެ.
އަދި މިޔަންމާގައި ހިނގަމުންދާ މިއަނިޔާވެރިކަން ހުއްޓުވާ މުސްލިމުންދާ ދެކޮޅަށް ހިންގާފައިވާ އިންސާނީ ހައްޤުތަކާއި ޚިލާފު ޖަރީމާތައް ބެލުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލާއި އެޖަމިއްޔާގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލަށް ރާއްޖެއިންވަނީ މިބަޔާނުގައި ގޮވާލާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...