މިއަހަރުގެ އަޟްހާ ޢީދުގެ މުނާސަބަތުގައި އދ ދަނގެތީގައި އުޟްހިޔާ ކަތިލާ ރަށުގެ ހުރިހާ ގެއަކަށް ބޮނޑިބަތް ބަހައިފިއެވެ.
މިހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ދަނގެތީ ޖަމިއްޔަތުލް ޤަލަމްގެ ފަރާތުން ދިއިސްލާމަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ ބަރަކާތްތެރި އަޟްހާ ޢީދުގެ މުނާސަބަތުގައި ދަނގެތީގައި އިއްޔެވަނީ އުޟްހިޔާ ކަތިލުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައި ކަމަށާއި އުޟްހިޔާގެ މަސްކެއްކުމަށްފަހު ބޮނޑިބަތާއިއެކު ރަށުގެ ހުރިހާ ގެއަކަށް ބަހާފައިވާ ކަމަށެވެ.
މީގެ އިތުރުން އެއޮފިޝަލް ފާހަގަކުރި ގޮތުގައި ބޮނޑި ބަތް ބަހާފައިވަނީ ހަމައެކަނި ދަނގެތީ ރައްޔިތުންނަށް ނޫންކަމަށާއި ދަނގެތީގައި ދިރިއުޅެމުންދާ ބިދޭސީންވެސް ޢީދުގެ އުފަލުގައި ބައިވެރިކުރުމުގެ ގޮތުން އެމީހުންނަށްވެސްވަނީ ބޮނޑިބަތް ބަހާފައެވެ.

ދަނގެތީގައި އުޟްހިޔާ ކަތިލުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކުގައިކަން ޖަމިއްޔަތުލް ޤަލަމްއިން ފާހަގަކުރިއެވެ.
މީގެ އިތުރުން އެރަށުގައި ޢީދު ފާހަގަކުރުމަށް ޢީދު އުފާ ނަމުގައި ކުޑަކުދިންގެ ހަވީރެއް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެއޮފިޝަލް ވިދާޅުވިއެވެ.
ދަނގެތީގައި ޢީދު ފާހަގަކުރުން ކުރިއަށްދަނީ ޖަމިއްޔަތުލް ޤަލަމްއާއި ދަނގެތީ ޔޫތް ޑިވެލޮޕްމަންޓާއި ޓީމް ދައުވާ މޯލްޑިވްސްގެ އިތުރުން ދަނގެތި ސްކޫލްއާއި ދަނގެތި ޕޮލިސް ސްޓޭޝަނާއި ސްޓްލެކޯ ދަނގެތީ އިންޖީނުގެ އަދި ދަނގެތި ޒުވާނުންގެ މަރުކަޒު ގުޅިގެންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...