ރާއްޖޭގެ ޚަބަރު މޫނު ބުރުގާ އެޅުމުން ވާޒީފާއިން ވަކިކުރުމަކީ އިސްލާމީ ޝަރީއަތަށް ނަފްރަތުކުރާ ބައެއްގެ ލާދީނީ ޢަމަލެއް: ސަލަފް

މޫނު ބުރުގާ އެޅުމުން ވާޒީފާއިން ވަކިކުރުމަކީ އިސްލާމީ ޝަރީއަތަށް ނަފްރަތުކުރާ ބައެއްގެ ލާދީނީ ޢަމަލެއް: ސަލަފް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ބައެއް ސުކޫލުތަކުގައި މަސައްކަތްކުރާ އަންހެން ޓީޗަރުން މޫނުބުރުގާ އަޅާތީ ވަޒީފާއިން ވަކިކުރަމުން ދާދިއުމަކީ އިސްލާމް ދީނުގައި މާތް ﷲ ބާވައިލައްވާފައިވާ ފުރިހަމަ ޝަރީޢަތަށް ނަފްރަތުކުރާ ބައެއްގެ ލާދީނީ ޢަމަލެއްކަމުގައި ބުނެ ޖަމިއްޔަތުއް ސަލަފްއިން ބަޔާނެއް ނެރެފިއެވެ.

އެޖަމިއްޔާގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ސޮއިކުރައްވާ ނެރެފައިވާ ބަޔާނުގައިވަނީ ފުރިހަމަ އިސްލާމީ ޔުނީފޯމުގައި ހުރެ މަސައްކަތުގައި ދެމިހުރުމަށްޓަކައި ސަރުކާރުގެ އެންމެހާ މުއައްސަސާތަކާ، ވެރީންގެ އަރިހުގައި އާދޭސްކޮށް ސަލާންޖަހައިގެން، އެ ޙައްޤު ހޯދަންޖެހުމަކީ އިސްލާމްދީނުގެ ބީރައްޓެހިކަން މި އިސްލާމީ ދީބަށް ވެރިވެފައިވާކަމުގެ ވަރުގަދަ ހެއްކެއް ކަމަށާއި ދީނުގައި އަންގަވާފަވާ ގޮތާ ކަނޑައެޅިގެން ޚިލާފުވާގޮތަށް ފޭރާން އަޅައިގެން ކިޔަވައިދިނުމުގެ ފުރުސަތު ތަނަވަސްކޮށްފައި ތަންމިނަށް ހުޅުވާބާއްވާފައިމެ، އިސްލާމްދީނާ އެއްގޮތަށް ހެދުންއެޅުމުން ވަޒީފާއިން ވަކިކުރުމަކީ ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ވަރަށްބޮޑު ޖަރީމާއެއްގެ އިތުރުން ބޭއިންޞާފު ލާއިންސާނީ އަނިޔާއެއް ކަމަށެވެ.

ޤުރުއާނާއި ސުންނަތުން ދަލީލު ބަޔާންކޮށްދެމުން މިބަޔާނުގައި ބުނެފައިވަނީ މޫނު ބުރުގާގެ ވާހަކައަކީ ދިވެހިރާއްޖޭގެ ޢިލްމުވެރިން އަމިއްލައަށް ހަދަހަދައިގެން ދައްކަވާ ވާހަކައެއް ނޫންކަމަށާއި ސިވިލްސާރވިސްގެ މުވައްޒަފުންގެ ހެނދުން އެޅުމާއި ބެހޭ ޤަވާޢިދަށް ރިޢާޔަތްކޮށް "ކާކުކަން ނޭނގޭނެތީ" އޭ ބުނެ އަންހެން ޓީޗަރުންތަކެއް ވަޒީފާއިން ވަކިކޮށް އަނެއްބަޔަކު ވަޒީފާއިން އެކަހެރިކޮށް ދަތިކުރުމަކީ އިސްލާމްދީނުގެ މައްޗަށް ކުރެވޭ ބޮޑު އަނިޔާއެއް ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކުން ޤާނޫނުތަކާ ޤަޥާޢިދުތައް އިސްލާމީފޭރާމާ ޢަދާވާތްތެރިނޫން ބީދަޔަކުން އިޞްލާޙްކުރުމަށް މަސައްކަތްފެށުމަށް ހަރުއަޑުން ގޮވާލާ ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

ޖަމިއްޔަތުއް ސަލަފްއިން މިފަދައިން ބަޔާން ނެރެފައިވާއިރު މޫނު ބުރުގާ އަޅައިގެން ކިޔަވަދޭންދާތީވެ އ.އ މަތިވެރި ސްކޫލްގެ ޓީޗަރަކުވަނީ މިދިޔަ ބުރާސްފަތިދުވަހު ވަޒީފާއިން ވަކިކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.