ޖަމިއްޔަތުއް ސަލަފްއިން ހަފްތާ ބަންދާ ދިމާކޮށް ކުރިއަށް ގެންދާ "ހަފްތާ ބަންދު ދަރުސް" ސިލްސިލާގައި މިހަފްތާ ބަންދުގައި ތިން އަތޮޅެއްގައި ދަރުސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
އެގޮތުން ކުރިއަށް މިއޮތް ހަފްތާ ބަންދުގައި ހއ، ހދ އަދި ތ އަތޮޅުގެ ބައެއް ރަށްތަކުގައި ހަފްތާ ބަންދު ދަރުސް ކުރިއަށް ދާނެ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.
ހއ އަތޮޅުން އިހަަވަންދޫ، ހޯރަފުށި، ދިއްދޫ، މާރަންދޫ އަދި ބާރަށުގައި ދަރުސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ހދ އަތޮޅުން ދަރުސްތައް އޮންނާނީ ހަނިމާދޫއާއި ފިނޭގައެވެ. ތ އަތޮޅުގައި ދަރުސް ކުރިއަށްދާނީ މަޑިފުށީގައެވެ.
މިހަފްތާގެ ހަފްތާ ބަންދު ދަރުސްގައި ޖަމިއްޔަތުއް ސަލަފްގެ ހަތަރު ޝައިޚަކު ދަރުސް ދިނުމުގައި ހަރަކާތްތެރިވާނެއެވެ، އެއީ ޖަމިއްޔާގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުޙައްމަދު އިބްރާހިމްއާއި ސަލަފްގެ ޢިލްމުވެރިންގެ މަޖްލިސްގެ ރައީސް އައްޝައިޚް އަހުމަދު ސަމީރު ބިން އިބްރާހިމްގެ އިތުރުން އައްޝައިޚް މުޖުތަބާ ހަމީދާއި އައްޝައިޚް މުހައްމަދު ސިނާންއެވެ.
މިފަހަރުގެ ދަރުސްތައް ކުރިއަށްދާނީ މިމަހުގެ 10 ން 12 އަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...