ރާއްޖޭގެ ޚަބަރު ޑރ އަފްރާޝީމް މަރާލި މައްސަލަ އަލުން ބަލަނީ

ޑރ އަފްރާޝީމް މަރާލި މައްސަލަ އަލުން ބަލަނީ

ޑރ އަފްރާޝީމް މަރާލި މައްސަލަ އަލުން ބަލަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދީނީ ޢިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ މަޖްލިސް މެމްބަރުގެ ގޮތުގައި ހުންނަވަނިކޮށް އަވަހާރަކޮށްލެވުނު ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ އަލުން ބަލަން ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.

އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް ވިދާޅުވީ ޚާއްސަ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުން އުފައްދާފައިވާ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ސެންޓަރުން، ޑރ އަފްރާޝީމްގެ މަރުގެ މައްސަލަ މިހާރަށް ވުރެ ރަނގަޅަށް ބެލުމަށް ނިންމާފައިވާ ކަމަށެވެ.

މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ސެންޓަރަކީ ޚާއްސަ، ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންގެ ތެރޭގައި ދާދިފަހުން އުފެއްދި ޔުނިޓެކެވެ.

ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ އިތުރުން، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާނުގެ މައްސަލަވެސް މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ސެންޓަރުން އަލުން ބަލަންފަށާފައިވާކަން ފުލުހުން ހާމަކުރިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.