ދަރުސް ޚަބަރު ޖަމްޢިއްޔަތުލް އަޚަވާތުގެ ފަރާތުން "އަންހެނެއްގެ ދަތުރު" މިނަމުގައި އަންހެން ބޭފުޅުންނަށް ޚާއްޞަ ސެމިނަރއެއް

ޖަމްޢިއްޔަތުލް އަޚަވާތުގެ ފަރާތުން "އަންހެނެއްގެ ދަތުރު" މިނަމުގައި އަންހެން ބޭފުޅުންނަށް ޚާއްޞަ ސެމިނަރއެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި މުޖުތަމަޢުގެ އަންހެން ބޭފުޅުން ދީނީގޮތުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ޖަމްޢިއްޔަތުލް އަޚަވާތުގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ދަށުން، 5 މާޗް 2011 ވާ ހޮނިހިރު ދުވަހު ޖަމްޢިއްޔަތުލް އަޚަވާތުގެ ފަރާތުން "އަންހެނެއްގެ ދަތުރު" މިނަމުގައި އަންހެން ބޭފުޅުންނަށް ޚާއްޞަ ސެމިނަރ އެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމްޢިއްޔާއިން ހާމަކޮށްފިއެވެ. ދިއިސްލާމް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދަރުބާރުގޭ ދޮށިމޭނާ މާލަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިސެމިނަރގައި ސެޝަންތައް ނަންގަވައިދެއްވާނީ އައްޝައިޚް މުޙައްމަދު ޠައްޔިބް އާއި އައްޝައިޚް ހައިޝަމް މުޙައްމަދު އަދި އަލްއުސްތާޛާ އަނާރާ ނަޢީމް އެވެ.

މި ސެމިނަރގައި ބައިވެރިވެލެއްވުމަށް ބޭނުންވާ އަންހެން ބޭފުޅުން ނަން ނޯޓް ކުރެއްވުމަށާއި، އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނަންބަރ 7824942 ފޯނާއި ގުޅުއްވުމުން ހަމަޖެހޭނެ ކަމަށް ޖަމްޢިއްޔަތުލް އަޚަވާތުން ހާމަކުރައްވައެވެ.

ޓެގް

ސެމިނަރ، ދަރުސް، އަޚަވާތު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.