ރާއްޖޭގެ ޚަބަރު ހައިކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާންކޮށްފި

ހައިކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާންކޮށްފި

ހައިކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާންކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލި ފުރުޞަތުގައި ހަތަރު ފަނޑިޔާރުން ބޭނުންވާ ކަމަށް ބުނެފައި ވެއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލާފައިމިވަނީ ކޯޓުތަކާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހާއެކު ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރުމުންނާއި މިހާރު ހައިކޯޓުގެ 9 ފަނޑިޔާރުންގެ ތެރެއިން ދެފަނޑިޔާރެއްގެ މަޤާމް ހުސްވެފައިވާތީއެވެ.

ދާދިފަހުންވެސް ވަނީ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް އިޢުލާންކޮށްފައެވެ. އެފުރުސަތުގައި އަށް ފަރާތަކުން ފަނޑިޔާރުކަމަށް ކުރިމަތިލާ ހަ ފަރާތަކުން އިންޓަވިއު ފުރިހަމަކޮށްފައިވީ ނަމަވެސް ޖޭއެސްސީގެ މެމްބަރުންގެ އަޣުލަބިއްޔަތު އެއްވެސް ފަރާތަކަށް ލިބިފައި ނުވާތީ އެއިން އެއްވެސް ފަރާތެއް ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފައެއް ނުވެއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާ އިން ޑިގްރީއެއް އޮތުމާ އެކު ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. އަދި ފަނޑިޔާރުކަމަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އޮގަސްޓުމަހުގެ ނުވަވަނަ ދުވަހެވެ.

ހައިކޯޓުގެ ފަނޑިޔާރުކަން ކުރާ ބޭފުޅަކަށް މުސާރައިގެ ގޮތުގައި މަހަކު 36،000ރ. އާއި ލިވިންގް އެލަވަންސްގެ ގޮތު، 15،000ރ. ލިބެއެވެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.