އިސްލާމިކް އޮންލައިން ޔުނިވަރސިޓީ (އައިއޯޔޫ) އިން މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ މުވައްޒަފުން ތަމްރީނުކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އައިއޯޔޫގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ފައުންޑަރ އަދި ޗާންސެލަރ ޑރ ބިލާލް ފިލިޕްސްއެވެ. އެމްއައިބީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަރީސް ހާރޫން އެވެ.
މިއެމްއޯޔޫގެ ދަށުން އައިއޯޔޫގެ ފަރާތުން އެމްއައިބީގެ މުވައްޒަފުން ތަމްރީން ކުރުމަށް އެހީވެދޭނެއެވެ. އަދި އެމްއައިބީގެ ފަރާތުން އައިއޯޔޫ ރާއްޖޭގައި އިސްތިހާރުކުރުމަށް އެހީތެރިވެދޭނެއެވެ.
އިސްލާމިކް ބޭންކުގެ އިތުރުން އިސްލާމިކް އޮންލައިން ޔުނިވަރސިޓީއިންވަނީ ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަދި ޒިކުރާ ކޮލެޖާއެކުވެސް އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.
އިސްލާމިކް އޮންލައިން ޔުނިވަރސިޓީއަކީ އޮންލައިންކޮށް އެކި ދާއިރާތަކުގެ ތަފާތު ކޯސްތައް ހިންގަމުންގެންދާ ޔުނިވަރސިޓީއެކެވެ. 2001 ވަނައަހަރު އުފެއްދި މިޔުނިވަރސިޓީގައި މިހާރު ދުނިޔޭގެ އެކި ޤައުމުތަކުން 390000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...