ޕީސް ފައުންޑޭޝަންގެ ދަ ލެގަސީ އިވެންޓުގައި ތަޤްރީރުކުރެއްވުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ ބިލާލް ފިލިޕްސްގެ ދަރުހެއް ފުވައްމުލައް ސިޓީގައި ބާއްވައިފިއެވެ.
ޑރ ބިލާލްގެ ދަރުސް ބާއްވާފައިވަނީ ހޮނިހިރުދުވަހުގެ ރެއެވެ.
ފުވައްމުލަކުގައި ހުންނަ ޒިކްރާ އިންޓަރނޭޝަނަލް ކޮލްޖެގެ ގޯތިތެރޭގައި ބޭއްވި މިދަރުސް އަޑުއެހުމަށް ގިނަ އަދަދެއްގެ ބަޔަކުވަނީ ހާޟިރުވެފައެވެ.
ޕީސް ފައުންޑޭޝަންއާއި ފުވައްމުލަކު ގާޑިއަން އެސޯސިއޭޝަން ގުޅިގެން ބޭއްވި މިދަރުސްގެ މައުޟޫއަކީ "ހޫއިސް ޔުއަރ ލޯޑް؟"އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...