ހުޅުމާލޭގައި ހުންނަ ސިފައިންގެ މަރުކަޒުގައި އިމާރާތްކުރި މަސްޖިދުލް ޚާލިދު ބިން ވަލީދު ހުޅުވައިފިއެވެ.
މިމިސްކިތް ހުޅުވައިދެއްވާފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ އަހުމަދު ޒިޔާދު އެވެ. އަދި މިސްކިތް ހުޅުވުމަށްފަހު މިސްކިތުގައި އިމާމްވެ ހުކުރު ނަމާދު ކުރެއްވީ މޭޖަ އަބްދުލް މަޖީދް އިބްރާހީމް އެވެ.

މިއީ ރާއްޖޭގެ ތާރީޚީ މިސްކިތްތައް ނަކަލުކޮށްގެން އިމާރާތްކޮށްފައިވާ މިސްކިތެކެވެ. މިމިސްކިތުގެ ޑިކޮންސެޕްޓް ތައްޔާރުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަޙުމަދު ޝިޔާމް އެވެ. މިސްކިތް ޑިޒައިން ކުރީ އެމްއެންޑީއެފްގެ މިލިޓަރީ އިންޖިނިއަރުންނެވެ.
މިއީ އިސްލާމިކް މިނިސްޓްރީއިން ޚަރަދުކޮށްގެން، އެއްފަހަރާ 100 މީހުންނަށް ނަމާދުކުރެވޭ ގޮތަށް އިމާރާތްކުރި މިސްކިތެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...