ރާއްޖޭގެ ޚަބަރު ޑިޕްރެޝަނާއި އީމާންކަން ނަމުގައި ސަލަފުން މިރޭ ފޯރަމެއް ބާއްވަނީ

ޑިޕްރެޝަނާއި އީމާންކަން ނަމުގައި ސަލަފުން މިރޭ ފޯރަމެއް ބާއްވަނީ

ޑިޕްރެޝަނާއި އީމާންކަން ނަމުގައި ސަލަފުން މިރޭ ފޯރަމެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަމިއްޔަތުއް ސަލަފްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސަލަފް ފޯރަމް މިރޭ އޮންނާނެއެވެ.

މިކަމާއި ގުޅޭގޮތުން އެޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ރަމަޟާންމަހަށް ހާއްސަކޮށްގެން އެޖަމިއްޔާއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ސަލަފް ފޯރަމްގެ ފުރަތަމަ އިވެންޓް މިރޭ އޮންނާނެ ކަމަށާއި މިރޭގެ އިވެންޓް އޮންނާނީ އަރަބިއްޔާ ސްކޫލް ހޯލުގައި ކަމަށެވެ.

މިރޭގެ ފޯރަމްގެ މައުޟޫއަކީ ޑިޕްރެޝަނާއި އީމާންކަމެވެ. މިރޭގެ ފޯރަމްގައި ތަޤްރީރުކުރައްވާނީ އައްޝައިޚް އަހުމަދު ސަމީރު ބިން އިބްރާހިމް އާއި އައްޝައިޚް އަބްދުއްސަލާމް ބިން ދާއޫދުގެ އިތުރުން ޑރ އާރިފް މުހައްމަދު އެވެ.

މިރޭ 9:30 ގައި ފެށުމަށް ހަމަޖެހިފައިވާ ފޯރަމް ރޭޑިއޯ އެޓޯލް، ވީއެފްއެމް އަދި ރޭޑިއޯ ސަލަފްއިން ލައިވްކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.