ދިވެހި ރާއްޖެއަކީ ދީނީ މިނިވަންކަން އެންމެ ކުޑަ 11 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެއް ކަމަށް ބަލައި އެހެން ދީންތައް ފެތުމަށް މަންދޫބުން ފޮނުވުމަށް އެމެރިކާގެ ސަރުކާރަށް ދަންނަވާނެކަމަށް އެމެރިކާގެ ކުރިސްޓިއަންދީން ފަތުރަން މަސައްކަތްކުރާ ޖަމާޢަތަކުން ހާމަކޮށްފިކަމަށް ދުވަހު ނޫސް މިއަދުން ހާމަ ކުރައްވައިފިއެވެ.
އެމެރިކާގެ އެޖަމާޢަތުން ހާމަކޮށްފައިވާ ކަމަށް ދުވަހު ނޫސް މިއަދުގެ ވެބުސައިޓްގައި "ދީނީ މިނިވަންކަން އެންމެ ކުޑަ 11 ޤައުމުގެތެރޭގައި ރާއްޖެ ހިމަނައި އިތުރު މަންދޫބުން ފޮނުވަނީ" މިސުރުޚީއަށް ޝާއިޢު ކޮށްފައިވާ ޚަބަރުގައި ބުނެފައިވަނީ ދީނީ މިނިވަންކަން އެންމެ ކުޑަ ޤައުމުތަކުގެ ގޮތުގައި އެފަރަތުން ފާހަގަކޮށްފައިވަނީ ސައުދީ ޢަރަބިޔާ، ޔަމަން، އީރާން އަފްޣާނިސްތާން، އުޒްބަކިސްތާން، ޕާކިސްތާން ފަދަ ޤައުމުތައް ކަމަށާއި މިޤައުމުތަކުގައި ދޮރުން ދޮރަށް ހިނގައި ކްރިސްޓިއަން ދީން ފަތުރަން މިނިވަންކަން ނެތްކަމަށާއި އެ މިނިވަންކަން ހޯދައިދިނުމަށް އެމެރިކާގެ ސަރުކާރަށް ގޮވާލާ ކަމަށް އެޖަމާޢަތުން ހާމަކޮށްފައިވާ ކަމަށް މިއަދު ނޫހުގައި ބުނެފައިވެއެވެ.
މިޖަމާޢަތުން ބުނެފައިވާ ކަމަށް މއަދުނޫހުގައި އިތުރަށް ބުނެފައިވަނީ އަދި މޞްރާއި ޓިޔުނީސިއާގެ ރައްޔިތުން މިނިވަންކަން ހޯދައިފިކަމަށްވެސް އެޖަމާޢަތުން ހާމަ ކޮށްފައިވާ ކަމަށެވެ


ކޮމެންޓް (0)
ލޯޑް ކުރަމުން...