ރާއްޖޭގެ ޚަބަރު 40 ބައިވެރިންނާއެކު ކުންފުނިތަކާއި ކޮލެޖުތަކުގެ ޤުރުއާން މުބާރާތް ފަށައިފި

40 ބައިވެރިންނާއެކު ކުންފުނިތަކާއި ކޮލެޖުތަކުގެ ޤުރުއާން މުބާރާތް ފަށައިފި

40 ބައިވެރިންނާއެކު ކުންފުނިތަކާއި ކޮލެޖުތަކުގެ ޤުރުއާން މުބާރާތް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުންފުނިތަކާއި ކޮލެޖު / ޔުނިވަރސިޓީތަކަށް އަމާޒުކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ކީރިތި ޤްރުއާން ކިޔެވުމުގެ މުބާރާތް ފަށައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އިއްޔެ ފެށި މިމުބާރާތް ޝަރަފުވެރިކޮށްދެއްވާފައިވަނީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ.

ބަލައިގެން އަދި ހިތުން ކިޔެވުމުގެ ބައިވެސް ކުރިއަށްގެންދާ މިމުބާރާތުގައި ހަތް ކުންފުންޏެއްގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގެ އިތުރުން އެވިޑް ކޮލެޖުން ޖުމްލަ 40 ބައިވެރިންވަނީ ބައިވެރިވެފައެވެ.

މި މުބާރާތުން އެއް ވަނައަށް އަންނަ ފަރާތަކަށް ދިހަ ހާސްރުފިޔާގެ އިނާމެއް ހުށައަޅުއްވާފައެވެ. ދެވަނައަށް އަންނަ ފަރާތަކަށް ހަތް ހާސް އަދި ތިންވަނައަށް އަންނަ ފަރާތަކަށް ފަސްހާސް ރުފިޔާ ހުށައަޅާފައިވެއެވެ.

މި މުބާރާތަކީ ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ތަޖުވީދަށް ޤުރުއާން ކިޔެވުމުގެ ފަންނު އާލާ ކުރުމާއި ކުންފުނިތަކާއި ޔުނިވަރސިޓީތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޤުސަދުގައި ބާއްވާ މުބާރާތެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.