އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ބާއްވާ ދަރުހެއް މިއަދު އޮންނާނެއެވެ.
ދަރުސް އިންތިޒާމްކުރާ ފަރާތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ބާއްވާ ދަރުސް އޮންނާނީ މިއަދު މެންދުރުކުރި 11 ޖަހާއިރު ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ނަމާދު ކުރުމަށް ހާއްސަކުރެވިފައިވާ ބައިގައެވެ.
އުސްތާޛާ ފާތިމަތު ސާމިރާ ދެއްވާ މިދަރުސްގެ މައުޟޫއަކީ "ނަމާދު" އެވެ.
މިދަރުސް އަޑުއެއްސެވުމަށް ވިހާވެސްގިނަ އަންހެން ކަނބަލުން ވަޑައިގަތުމަކީ ދަރުސް އިންތިޒާމްކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...