މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގައި ޖޫންމަހު އަލަށް ފަށާ ކޯސްތައް އިޢުލާނުކޮށް ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އައިޔޫއެމްއިން މުޅިން އަލަށް ތައާރަފް ކޮށްފައިވާ ކޯސްތަކަކީ މާސްޓާސް އޮފް އާޓްސް އިން ޤުރުއާނިކް ސައިންސް، މާސްޓާސް އޮފް އާޓްސް އިން ސައިންސް އޮފް ހަދީޘް އަދި މާސްޓާސް އޮފް ފިޤްހު އެންޑް އުސޫލުލް ފިޤްހެވެ. އެއް އަހަރުގެ މުއްދަތައް ހިންގާ މިކޯސްތަކުގެ ތެރެއިން އާޓްސް އިން ސައިންސް އޮފް ހަދީޘް އަދި ފިޤްހު އެންޑް އުސޫލް އަލް ފިޤްހަކީ އަރަބި ބަހުން ކިޔަވައިދޭ ދެ ކޯހެވެ. އަދި ޤުރުއާނިކް ސައިންސް އަކީ ދިވެހި ބަހުން ކިޔަވައިދޭ ކޯހެކެވެ.
މީގެ އިތުރުން އަންނަ ޖުލައި މަހު އައިޔޫއެމްގައި އަލަށް މާސްޓާސް ފެންވަރުގެ ކޯހަކާއި ބެޗްލާސް އަދި ޑިޕްލޮމާ ފެންވަރު ކޯހެއްގެ އިތުރުން އެޑްވާންސް ސެޓްފިކެޓްގެ ދެ ކޯހެއް އަލަށް ފެށުމަށް ވަނީ ނިންމާފައެވެ. އެއީ މާސްޓާސް އޮފް އެޑިއުކޭޝަން އިން ލީޑާޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ބެޗްލާސް އަދި ޑިޕްލޮމާ އޮފް އިމާމްޝިޕް އެންޑް ލޯކަލް ގަވާނަންސާއި އެޑްވާންސްޑް ސެޓްފިކެޓް އިން ޓީޗިންގް އަދި އެޑްވާންސްޑް ސެޓްފިކެޓް އިން ޤުރުއާނިކް ސްޓަޑީޒް އެވެ.
މިކޯސްތަކާއެކު ޖޫންމަހު، އިސްލާމީ ޔުނިވަރސިޓީގައި ޖުމްލަ 48 ކޯސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
މިކޯސްތަކަށް އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ މުއްދަތު ޖޫން މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށްވަނީ އިތުރުކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...