ސަރުކާރުގެ މުވައްޒިފުންނަށް ރޯދަ އެލަވަންސް ދޭނީ، މިމަހުގެ މުސާރައާއިއެކު ކަމަށް ފިނޭންސް މިނިސްޓްރީން ހަމަޖައްސައި ސަރުކާރުގެ އިދާރާތަކަށް އެކަން އަންގައިފި އެވެ.
މިކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއިން ސަރުކާރުގެ އިދާރާތަކަށް ފޮނުވާފައިވާ ސަރކިއުލަގައިވަނީ ސަރުކާރުގެ މުވައްޒިފުންނަށް މުސާރައާއި އިނާޔަތް ދިނުމުގައި ލުއި ފަސޭހަކޮށް އަވަސް ކުރުމަށްޓަކައި އޮފީސްތަކުން މުވައްޒިފުންގެ މުސާރައާ ގުޅޭ ލިޔެކިޔުންތައް މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށާއި އަދި މުސާރަ ފޮނުވާ އިރު ރޯދަ އެލަވަންސްގެ ފައިސާ ވެސް ހިމަނައިގެން ޝީޓްތައް ތައްޔާރު ކުރުމަށް އެދޭ ކަމަށް މިސާރކިއުލާގައި އެދިފައިވެއެވެ.
އަދި ރޯދަމަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް ޕޭ ލީވް ނުވަތަ ނޯ ޕޭލީވް އެއްގައި ތިބޭ މުއައްޒިފުންނަށް އެލަވަންސްއެއް ނުލިބޭނެ ކަމަށާއި ނަމަވެސް ރޯދަ މަހުގެ ތެރޭގައި އަނބުރާ އޮފީހަށް ނިކުމެއްޖެ ނަމަ، އެ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ވާ އަދަދަކަށް އެލަވަންސް ލިބޭނެ ކަމަށް އެ ސާކިއުލާގައި ބުނެފައިވެ އެވެ.
ރޯދަ އިނާޔާތުގެ ގޮތުގައި ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް 3000 ރ ދިނުމަށް ވަޒީފާދޭ ފަރާތަށް ވަޒީފާއާއިބެހޭ ޤާނޫނުން ލާޒިމްކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...