ރާއްޖޭގެ ޚަބަރު އަރަބިބަސް އުނގަންނައިދިނުމަށް ހާއްސަ މަޝްރޫޢުއެއް ފަށަނީ

އަރަބިބަސް އުނގަންނައިދިނުމަށް ހާއްސަ މަޝްރޫޢުއެއް ފަށަނީ

އަރަބިބަސް އުނގަންނައިދިނުމަށް ހާއްސަ މަޝްރޫޢުއެއް ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަރަބި ބަސް އުނގަންނައި ދިނުމަށް ރާއްޖޭގައި ފައްޓާ އެންމެ ބޮޑު މަޝްރޫޢު އަންނަ އަހަރު ޖެނުއަރީ މަހު ފައްޓަވާނެކަމަށް އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ ހޯމަ ދުވަހުގެރޭ ބޭއްވުނު އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިގޮތުން ޑރ ޝަހީމް ވިދާޅުވީ އަންނަ އަހަރަށް އިސްލާމިކް ޔުނިވަރަސީޓީން އެންމެ ބޮޑު އެއް މަޝްރޫއެއްގެ ގޮތުގައި ފަށްޓަވާނީ އަރަބި ބަސް އުގަންނައިދިނުމުގެ މަސައްކަތްކަމަށާއި އެކަމަށް ތައްޔާރުރުވަމުން އަންނަ ކަމަށެވެ.

"އަރަބި ބަސް އުނގަންނަވައިދެއްވުމަށްޓަކާ ރާއްޖޭގެ ތާރީޚްގައި ކުރިއަށްގެންދެވޭނެ އެންމެ ބޮޑު މަޝްރޫޢު ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފަ. މި މަޝްރޫޢުގެ ދަށުން 43 ފޮތުގެ މައްޗަށް އެކުލެވޭ ސިލްސިލާއެއް ލިޔުމުގެ މަސައްކަތް ވަނީ ފަށާފަ. ވިޔަފާރިއާއި، އިޤްތިޞާދާއި ޓުވަރިޒަމާއި، ބައިނަލްޢަޤްވާމީ ގުޅުމާއި، މީޑިއާއާއި، ދީނީ އަދި ޤާނޫނީ ދާރިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަރަބި ބަސް އުނގަންނަވައިދެއްވުމުގެ މި މަޝްރޫޢުގެ ދަށުން 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެތެރޭގައި ކިޔެވުން ފެށުމަށް މިދަނީ މަސައްކަތް ކުރަމުން. " ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ ޝަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ވޭތުވެދިޔަ އަހަރު އެ ޔުނިވަރސިޓީއިން ގިނަ ކާމިޔާބީތަކެއް ހާޞިލް ކޮށްފައިވާކަމަށާއި އެގޮތުން ތަފާތު ދާއިރާތަކުން މަތީތަޢުލީމުގެ އާ ފުރުޞަތުތައް ހުޅުވާލައްވާ، ޔުނިވަރސިޓީގެ ލައިބްރަރީގެ ޚިދުމަތް ފުޅާކޮށް ބަޢިނަލްއަޤްވާމީ އޮންލައިން ލައިބްރަރީގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވާފައިވާނެ ކަމަށެވެ.

އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 200 އަށްވުރެ ގިނަ ދަރިވަރުންވަނީ ދަސްވެނިވެ ސަނަދު ހާސިލްކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.