އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އައު ވެބްސައިޓް އިފްތިތާޙްކޮށްފި

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އައު ވެބްސައިޓް އިފްތިތާޙްކޮށްފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އައު ވެބްސައިޓް އިފްތިތާޙްކޮށްފި އެވެ.

ފަތުވާ މަޖިލީހުގެ އައު ވެބްސައިޓް އިފްތިތާޙް ކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ވެބްސައިޓު އިފްތިތާޙްކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމާއި ފަތުވާ މަޖިލީހުގެ މެމްބަރުން ވަނީ ބައިވެރިވެލައްވާފައެވެ.

މި ވެބްސައިޓުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުއްވާފައިވާ ފަތުވާތަކާއި، އިސްތިރާޝީ ލަފާތަކާއި، ފަތުވާ ފޮތްތައް ހިމެނޭ އޮންލައިން ލައިބްރަރީއަކާއި ފަތުވާ މަޖިލީހާއި ގުޅޭ އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު ލިބިލައްވާނެއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބަވަނީ ފަތުވާ މަޖިލީހުގެ ރައީސް ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމާއި، ފަތުވާ މަޖިލީހުގެ ނައިބު ރައީސް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނާއި، މެމްބަރުންގެ ގޮތުގައި ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް އިލްޔާސް ޙުސައިން އަދި ޑރ. މޫސާ އަންވަރު ޙަސަންއެވެ

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.