ކައުންސިލަރުކަމަށް އިންތިހާބުވާ ފަރާތްތަކަށް އިމާމުވެ ނަމާދުކޮށް ޚުތުބާ ކިޔޭ ފެންވަރަކަށް ގެންދިއުމަށް ހާއްސަ ކޯސްތަކެއް ހިންގަން ފެށުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ޗާންސެލަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
ޑރ ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ ރޭ ބޭއްވި އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިގޮތުން ޑރ ޝަހީމް ވިދާޅުވީ ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީ އުފެއްދުމުގެ ބޭނުމަކީ ދިވެހިރާއްޖޭގައި އިސްލާމީ އިލްމާއި ސަގާާފަތާއި ފިކުރާ އަހުލާގު ދަމަހައްޓާ ދިރުވުން ކަމަށާއި ތަފާތު ދާއިރާތަކުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތުތައް އައިޔޫއެމްއިން ހުޅުވާލާފައިވާކަމަށެވެ. އަދި ހަދީސް އިލްމުގެ އިތުރަށް ވަރަށް އަވަހަށް ކައުންސިލަރުންނަށް އިމާމުވެ ނަމާދުކޮށް ހުތުބާ ކިޔޭނެ ކޯހެއް ހިންގަން ފަށާނެ ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.
"މާތް ﷲ ގެ އިރާދަފުޅާ އެކު ހަދީޘް އިލްމުގެ ޕްރޮގްރާމްތަކުގެ އިތުރުން، އިމާމުންނާއި ކައުންސިލަރުންނަށް ހާއްސަ ކޯސްތަކެއް ވެސް ފެށިގެން ދާނެ. އިމާމުންނާއި ކައުންސިލަރުންނަށް އަމާޒުކުރާ ކޯސްތައް ހިންގާނީ އަތޮޅުތަކުގައި. މި ކޯސްތަކަކީ ކައުންސިލަރުންނަށް ވެސް ހުތުބާ ކިޔައި އިމާމުކަން ކުރެވޭ ފެންވަރަށް ގެންދިއުމަށް ހިންގޭ ކޯސްތަކެއް،" ޑރ ޝަހީމް ވިދާޅުވިއެވެ.
ރޭބޭއްވި އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެޔުނިވަރސިޓީގެ އެކި ކޯސްތައް ފުރިހަމަ ކުރި 200 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...