އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ދަސްވެނިވުން ބާއްވާއިފިއެވެ.
ރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަބްދުއްރަޝީދު ހުސައިން އެވެ.
މިރަސްމިއްޔާތުގައި އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސްގެ އެކި ކޯސްތައް ފުރިހަމަ ކުރި 200 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަޝީދު ހުސައިން ވިދާޅުވީ މިއަދު ގައުމަށް ބޭނުންވަނީ ރިވެތި އަހުލާގުގެ އިލްމީ ބޭފުޅުން ކަމަށާއި އިލްމާ އެއްވަރަށް ނުވަތަ އެއަށްވުރެ ވެސް ބޮޑަށް އެމީހެއްގެ ގައިގައި ހަރުދަނާ ތަރުބިއްޔަތު ހުންނަންޖެހޭ ކަމަށެވެ. އަދި ރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ތަރައްގީގެ ހަރުފަތްތައް މިއަދު ގިރާކަމުންދާ ކަމަށާއި، ދުވެލި ބާރުކުރާ ވަރަށް މިއަދު އަދަބު އަހުލާގު އެއާ އެއްވަރަށް ތަރައްގީ ކުރަންޖެހޭ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވެވިއެވެ.
މިރަސްމިއްޔާތުގައި ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަޑައަޅުއްވާފައިވާ ސަފީރުގެ ނައިބުގެ އިތުރަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޝިހާމްއާ ހޯމް މިނިސްޓަރު އަޒްލީން އަހްމަދާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...