މާޗްމަހުގެ ޢުމްރާއަށް ވަޑައިގަތް ފަރާތްތަކުން އެނބުރި އަންއިރު ރޯގާއަށް ސަމާލުވުމަށް ހެލްތް ޕްރޮޓްކްޝަން އޭޖެންސީއިން އިލްތިމާސްކޮށްފިއެވެ.
ޢުމްރާއަށްފަހު ވަޑައިގަތްނަވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:
އަރިދަފުސް ރޯގާ ޖެހިފައިވާ ނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް ބޭނުންކުރުން އަދި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ހާމައަށް އެއްލާނުލުން.
އާންމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުމާއި ގިނަގިނައިން އަތް ސާފުކުރުމަށް ސަމާލުކަން ދިނުން.
ރޯގާޖެހި ކެއްސާ ނަމަ، މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުން އަދި އެހެންމީހުންނާ ވީހާ ވެސް ދުރުވެއުޅުން (ހާއްސަކޮށް މާބަނޑު މީހުން، އުމުރުން ދުވަސްވީ މީހުން، ހިތުގެ ނުވަތަ ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ލިބެމުންދާ މީހުން، ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުން)
ކުޑަކުދިން ދުންފަތުގެ ދުމުން ރައްކާތެރިކުރުމާއި ދުންފަތުގެ އިސްތިއުމާލު ނުކުރުން
ހެލްތް ޕްރޮޓްކްޝަން އޭޖެންސީއިން ބުނީ އުމްރާއިން އަންނަ ފަރާތްތައް ވެސް އަދި އެހެނިހެން ފަރާތްތަކުން ވެސް ބަލިން ރައްކާތެރިވުމަށް ކުރެވެން ހުރި ކަންކަން ކުރުމަށް އެދޭ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...