ރާއްޖޭގެ ޚަބަރު މުޞްހަފްތަކަށް މިހެން ހަދަން ހެޔޮނުވާނެ!!

މުޞްހަފްތަކަށް މިހެން ހަދަން ހެޔޮނުވާނެ!!

މުޞްހަފްތަކަށް މިހެން ހަދަން ހެޔޮނުވާނެ!!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިއްޔެ ސޯޝަލް މީޑިއާގައި ވައިރަލްވެގެންދިޔަ އެއް ފޮޓޯއަކީ ބަޔަކު ޕިކަޕަކަށް މުޞްހަފުތަކެއް އަރުވައިގެން ދަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ. އެއްވެސް ތަރުތީބެއް ނެތި ޤުރުއާނުގެ ދިވެހި ތަރުޖަމާއާއި ބައުވެފައިވާ މުޞްހަފުތައް ޕިކަޕަށް އަރުވާފައިދާތަން ފެނެއެވެ. އަދި ޕިކަޕު ދުއްވާފައިދިޔައިރު ޕިކަޕުގެ ފަހަތުގައި ދެފިރިހެނުން ތިބިތަން ފެނިގެން ދެއެވެ.

ސޯޝަލް މީޑިއާގައި މިފޮޓޯތައް ދައުރުވަމުން ދިޔުމާއެކު އެތައްބަޔަކު އެމީހުންގެ ޝުޢޫރުތައް ސޯޝަލް މީޑިއާގައި ބަންޑުންކޮށްލިއެވެ. އެކަން ކުރި ބަޔަކަށް ނުރުހުމުގެ ބަސްތައް ރައްދުކުރަމުންނެވެ. މުޞްހަފްގެ ޤަދަރު ކުޑަކޮށްފައިވާ ކަމަށް ބުނަމުންނެވެ.

މިކަމާއި ގުޅިގެން އައްޝައިޚް އަލީ ޒައިދު ލިޔުއްވާފައިވަނީ ނައްތާލުމަށް ގެންދާ ޚަތިމްތަކެއް ނަމަވެސް އެފަދަ ގޮތަކަށް އެތަކެތި އުފުލުމަކީ ޤުރުއާނަށް ކުރެވޭ އިހާނާތެއްކަމަށާއި ތިމާގެ ފައި ބަހައްޓާ ހިސާބުގައި މުސްހަފްތައް ބަހައްޓަން ހެޔޮނުވާނެ ކަމަށެވެ. އަދި މިފަދައިން ކަންކަން ނުކުރުމަށް ނަސޭހަތްތެރިވެފައި ވެއެވެ.


މިކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ އިންފޮެމޭޝަން އޮފިސަރ ދިއިސްލާމަށް ވިދާޅުވީ އެކަން ކުރި ބަޔަކާއި ހިނގި ގޮތެއް ބަލައި އެބަޔަކަށް ފިޔަވަޅުއެޅުމަށް އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު އަންގަވާފައިވާ ކަމަށާއި އެކަންކުރި ބަޔަކަށް އަޅާނެ ފިޔަވަޅެއް ފަހުން ހިއްސާކުރާނެ ކަމަށެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގެ ދަށުން މުސްހަފް ފަދަ ތަކެތި ގެންގުޅެންޖެހޭނީ އެއަށް އިހްތިރާމް ލިބޭގޮތަށެވެ. މިފަދަ ގޮތަކަށް ޤުރުއާނަށް އިޚްތިރާމް ކުޑަވާ ގޮތަށް އަމަލުތައް ބެހެއްޓުމަކީ ކުރަން ހެޔޮނުވާ ވަތުގެ ކަމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.