ރާއްޖޭގައި އޫރު ރޯގާ ފެތުރެމުންދާތީވެ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައި އޮތުމަށްފަހު މިއަދު ސްކޫލްތައް ހުޅުވައިފިއެވެ.
މިއަދު ސްކޫލްތައް ހުޅުވާފައިވީ ނަމަވެސް ސްކޫލްތަކުން ފެންނަނީ ތަފާތު މަންޒަރެކެވެ. ބައެއް ސްކޫލްތަކުގެ ކްލާސްރޫމްތައް ހުހަށް އޮތްއިރު ހެނދުނު ދަންފަޅިގައި ސްކޫލްތަކަށް ގޮސްފައިވަނީ ވަރަށް މަދު އަދަދެއްގެ ދަރިވަރުންނެވެ.
މިކަމާއި ގުޅިގެން ދިއިސްލާމަށް މައުލޫމާތު ހިއްސާކުރި ބައެއް މުދައްރިސުން ބުނި ގޮތުގައި އެފަރާތްތަކުން ކިޔަވައިދޭ ކްލާސްތަކަށް މިއަދު ހާޟިރުވީ ވަރަށް މަދު އަދަދެއްގެ ދަރިވަރުންނެވެ.
ރޯގާ ޖެހެމުންދާ ދަނޑިވަޅެއްގައި ސްކޫލްތައް ހުޅުވުމުން ބެލެނިވެރިންވެސް ގެންދަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ދިއިސްލާމާއި ވާހަކަދެއްކި ބެލެނިވެރިޔަކު ބުނީ މިހާލަތުގައި ދަރިފުޅު ސްކޫލަށް ގެންނަށް ޖެހިލުންވާކަމަށާއި އުއްމީދުކުރަނީ ސްކޫލްތައް ހުޅުވަން ނިންމި ނިންމުން ބަދަލުވެގެންދާނެ ކަމަށެވެ.
މިހާތަނަށް އޫރު ރޯގާއަށް 501 މީހުން ޓެސްޓްކޮށްފައިވާ އިރު 185 މީހަކު ވަނީ އެ ރޯގާއަށް ޕޮޒިޓިވްވެފައެވެ. އަދި 31 މީހަކަށް އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...