ރާއްޖޭގެ ޚަބަރު މާދަމާއިން ފެށިގެން މާލެ އަދި ވިލިމާލޭގައި މަރުވާ މީހުން ވަޅުލާނީ ހުޅުމާލޭގައި!

މާދަމާއިން ފެށިގެން މާލެ އަދި ވިލިމާލޭގައި މަރުވާ މީހުން ވަޅުލާނީ ހުޅުމާލޭގައި!

މާދަމާއިން ފެށިގެން މާލެ އަދި ވިލިމާލޭގައި މަރުވާ މީހުން ވަޅުލާނީ ހުޅުމާލޭގައި!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މާދަމާ (1ފެބްރުއަރީ) އިން ފެށިގެން މާލެ އަދި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލެއަށް ގެންގޮސް ހުޅުމާލޭ ސަހަރާގައި ވަޅުލާގޮތަށް ނިންމައިފިއެވެ.

މިއަދު  އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް އަލީ ވަހީދު ވިދާޅުވީ މިވަގުތު މާލޭގައި މަރުވާ މިހުން ވަޅުލަމުން އަންނަ އާސަހަރާ ފުރިފައިވާ ކަމަށާއި އަދި މާދަމާއިން ފެށިގެން އާސަހަރާގެ ހިނަވާގެވެސް ބަންދުކޮށް އެތަނުގައި މަރާމާތުތަކެއް ކުރާނެކަމަށެވެ.

ވަހީދު ވިދާޅުވީ އެހެންކަމުން މާދަމާގެ ހެނދުނު ހަޔަކުން ފެށިގެން މަރުވާ މީހުން ހިނަވާ، ކަފުންކޮށް އަދި ވަޅުލާ ހެދުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ގަބުރުސްތާނުގައި ކަމަށެވެ.

މައްޔިތުން އުފުލުމުގެ އިންތިޒާމުތަކަށް އަލިއަޅުވާލަމުން ސްޓޭޓް މިނިސްޓަރ ވަހީދު ވިދާޅުވީ މާލެއިން މަރުވާ މީހުން ހޮސްޕިޓަލްތަކުގައި މަރު ޔަގީންކުރުމަށްފަހު ގެންދެވޭނީ މަސްވެރިންގެ ޕާކުގެ ޖެޓީ ސަރަހައްދަށް ކަމަށެވެ. އަދި މިޖެޓީން މައްޔިތުން އުފުލުމަށް ޚާއްސަ ކުރެވިފައިވާ އުޅަނދެއްގައި މައްޔިތުންނާއި އާއިލާގެ މެންބަރުން ހިލޭ ހުޅުމާލެއަށް ގެންދެވޭނެކަމަށެވެ. އަދި ހުޅުމާލޭގެ ގަބުރުސްތާނު ކައިރީގައި އޮންނަ ޚާއްސަ ޖެޓީއަކަށް އެއުޅަނދު ޖެއްސުމަށްފަހު ރެޑް ކްރެސެންޓްގެ އެންބިއުލާންސްއެއްގައި ގަބުރުސްތާނު ސަރަހައްދަށް މައްޔިތާ ގެންދެވޭނެކަމަށާއި.،އެއްފަހަރާ ދެމައްޔިތުންގެ ޖާގަ އޮންނަ މިފެރީއަކީ މިކަމަށް ހާއްސަ ކުރެވިފައިވާ އުޅަނދެއްކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވަހީދު އިތުރަށް ވިދާޅުވީ މައްޔިތާ އުފުލުމަށް ހާއްސަކޮށްފައި އޮންނަ ފެރީ ފުލްވެއްޖެ ނަމަ، އެމްޓީސީސީގެ އާންމު ފެރީތަކުގައި ޖަނާޒާގައި ބައިވެރިވާން ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.،

މީގެ އިތުރުން ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީތައް ހުއްޓާލާ ގަޑިތަކުގައި މައްޔިތާ އެމްޓީސީސީގެ އާންމު ފެރީގައި ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށްވެސް ވަހީދު ވިދާޅުވި އެވެ. އެމްޓީސީސީން ހުޅުމާލެ އާއި މާލެއަށް ކުރާ ދަތުރުތައް ހުއްޓާލަނީ ދަންވަރު 2:30 އިން ފަތިހު 5:30 އާ ހަމައަށެވެ.

ހުޅުމާލޭގައި ހުންނަ ހިނަވާ ގޭގައި ހިނަވާ މީހުންނަށް ހާއްސަ ތަނަކާއި ފިރިހެނުންނާއި އަންހެނުންނަށް ހާއްސަ ތަނަކާއި އޮފީސް ބަޔަކާއި، ސަންދޯއް ބަހައްޓާނެ ތަނަކާއި ކަފުން ކުރާ ތަނަކާއި، ޖަނާޒާގައި ބައިވެރިވާން ދާން ބޭނުންވާ މީހުންނަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.