ރާއްޖޭގެ ޚަބަރު އިސްލާމިކް ފައިނޭންސިންގ ގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަނީ

އިސްލާމިކް ފައިނޭންސިންގ ގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަނީ

އިސްލާމިކް ފައިނޭންސިންގ ގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް ފައިނޭންސިންގ ގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް ވިމެން އޮން ބޯޑްސް ޖަމިއްޔާ އާއި މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް އިން އެމްޔޫއޯ އެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގެ ދަށުން  އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން ހަރަކާތްތެރިވާ އަންހެނުންގެ ދަފްތަރެއް ބެލެހެއްޓުމާއި، އިސްލާމިކް އިކޮނޮމިކްސް އަށް އަންހެނުން ހޭލުންތެރި ކުރުވަާނެއެވެ. އަދި އެ ދާއިރާތަކަށް އަންހެނުން ނެރުމަށް ހިތްވަރު ދިނުމާއި އަދި އިސްލާމިކް މައިކްރޯފައިނޭންސްގެ ދާއިރާ އިން އަންހެނުން އަހުލުވެރިކޮށް ބާރުވެރި ކުރުމަށް ގުޅިގެން މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން  ސެންޓަރ ފޯ އިސްލާމިކް ފައިނޭންސްގެ ފަރާތުން ނެރޭ އިސްލާމިކް ފައިނޭންސް މަޖައްލާގައި ޝާއިއު ކުރާ ލިޔުންތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މަޖައްލާއަށް އިސްލާމިކް އިކޮނޮމިކްސް އާ ގުޅުންހުރި އާޓިކަލްތައް ލިޔެ ތައްޔާރުކޮށްދިނުމާއި، އިސްލާމިކް އިކޮނޮމިކްސްގެ ދާއިރާތަކުން ދިރާސާ ކުރުމާއި މައުލޫމާތު ހޯދައި ބެލެހެއްޓުމަށްވެސް ހަމަޖެހިފައިވެއެވެ.

މި އެމްއޯޔޫގައި ސެންޓަރ ފޯ އިސްލާމިކް ފައިނޭންސްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ދީދީ އެވެ. ވިމެން އޮން ބޯޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ބޯޑުގެ ރައީސާ ފާތިމަތު ޝަފީގާ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.