ރާއްޖޭގެ ޚަބަރު މަރުގެ އަދަބު ތަންފީޒުކުރުމުގެ ކަންތައް ބާރަށް ކުރިއަށްދޭ: ހޯމް މިނިސްޓަރ

މަރުގެ އަދަބު ތަންފީޒުކުރުމުގެ ކަންތައް ބާރަށް ކުރިއަށްދޭ: ހޯމް މިނިސްޓަރ

މަރުގެ އަދަބު ތަންފީޒުކުރުމުގެ ކަންތައް ބާރަށް ކުރިއަށްދޭ: ހޯމް މިނިސްޓަރ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަރުގެ އަދަބު ތަންފީޒު ކުރުމުގެ ކަންތައް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުމަށް ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ އިންސާނީ ހައްގުތަކުގެ ތެރެއިން ދިރިއުޅުމުގެ ހައްގަކީ ގާނޫނުއަސާސީންނާއި ގާނޫނުތަކުން ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައި އޮތް ހައްގެއް ކަމަށާއި ނުހައްޤުން އެއްވެސް މީހަކު މަރަން ނޫޅޭ ކަމަށެވެ.

ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ފެނިގެން ދިޔައީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު “ގަތުލު” ކުރެވި، ދިރިއުޅުމުގެ ހައްގުން މަހްރޫމް ކުރެވިގެން ދިޔަ ތަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބޭރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ކިތަންމެ ހިތްހަމަނުޖެހުނަސް، އިސްލާމް ދީނުގައި އޮންނަ ގޮތަށް މަރަށް މަރު ހިފައި، މީހުން ގަތުލުކުރުން ހުއްޓުމަކަށް އަންނަން ޖެހޭ ކަމަށެވެ.

ހުން މެރުމުގެ ކުށްތައް ސާބިތުވެ، ޖަލުގައި ބޮޑެތި އަދަބުތަކެއް ތަންފީޒު ކުރަމުން އަންނަ ކުށްވެރިންނާ ބޭރުގެ އެކި ޖަމިއްޔާތަކުން ބައްދަލު ކުރަމުންދާތީ އެކަމަށް މިނިސްޓަރ  އަޒްލީން ފާޑުވިދާޅުވިއެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ ގާނޫނެއް އަންނަން ޖެހުނީ ގިނަ ބައެއްގެ އަބުރު ކަތިލަމުން ދިއުމުން ކަމަށާއި ގާނޫނުގެ ތެރެއިން އެ ހައްގު ވެސް ކަށަވަރުކޮށްދީފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރ ވިދާޅުވީ  ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އަބުރު ރައްކާތެރިކޮށް ދިނުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮތް ހައްގަކަސް، އަބުރު ރައްކާތެރި ކުރުމުގެ ބައި އޮތީ ހަނދާން ނައްތާލާފައިކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.