ރާއްޖޭގެ ޚަބަރު ޕީއެޗްޑީއަށް ކިޔެވުމަށް 4 ސްކޮލަޝިޕް ފުރުސަތު އިސްލާމިކް ޔުނިވަރސިޓީން ހުޅުވާލައިފި

ޕީއެޗްޑީއަށް ކިޔެވުމަށް 4 ސްކޮލަޝިޕް ފުރުސަތު އިސްލާމިކް ޔުނިވަރސިޓީން ހުޅުވާލައިފި

ޕީއެޗްޑީއަށް ކިޔެވުމަށް 4 ސްކޮލަޝިޕް ފުރުސަތު އިސްލާމިކް ޔުނިވަރސިޓީން ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މެލޭޝިއާގައި ޕީއެޗްޑީއަށް ކިޔެވުމުގެ 4 ސްކޮލަޝިޕް ފުރުސަތު އިސްލާމިކް ޔުނިވަރސިޓީން ވަނީ ހުޅުވާލައިފައެވެ.

އިސްލާމިކް ޔުނިވާސިޓީ އިން ބުނިގޮތުގައި މި ހަތަރު ފުރުސަތަކީ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް، އިން އިސްލާމިކް ޔުނިވާސިޓީއަށް ދިން ފުރުސަތުތަކެއް ކަމަށެވެ.

މި ހަތަރު ޕީއެޗްޑީ ފުރުސަތުގައި ތައުލޫމީ ދާއިރާއިންނާއި އިސްލާމިކް ރިވީލްޑް ނޮލެޖްގެ ދާއިރާއިންނާއި ޤާނޫނީ ދާއިރާއިން އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކިޔެވޭނެކަމަށް އިސްލާމިކް ޔުނިވަރސިޓީން ވަނީ ބުނެފައެވެ.

އިސްލާމިކް ޔުނިވަރސިޓީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ސްކޯލާޝިޕަށް ހޮވޭ ފަރާތްތަކުން މެލޭޝިއާއަށް ދިއުމާއި އައުމުގެ ޓިކެޓް އަމިއްލައަށް ހަމަޖައްސަން ޖެހޭއިރު ކިޔެވުމަށް ބޭނުންވާ ތަކެއްޗަށް މަހަކު 800 ރިންގިޓް ދެވޭނެކަމަށެވެ. މީގެ އިތުރުން ކޯސްފީއާއި ސެޓްލްމަންޓް އެލަވަންސަށް 1000 ރިންނިޓް ލިބޭނެކަމަށްވެސް އިއުލާންގައި ބުނެފައިވެއެވެ.

މި ހަތަރު ސްކޮލަޝިޕް ފުރުސަތުތަށް ކުރިމަތިލުމުގެ ފުރުސަތު ޑިސެމްބަރު 19 ވަނަ ދުވަހާއި ހަމައަށްވަނީ ހުޅުވާލެވިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.