ރާއްޖޭގެ ޚަބަރު މޯލްޑިވިއަން ޔޫތް ލީގްގެ ފަރާތުން ޒުވާނުންނަށް ހާއްސަ ރޯދަ ވީއްލުމެއް ބާއްވައިފި

މޯލްޑިވިއަން ޔޫތް ލީގްގެ ފަރާތުން ޒުވާނުންނަށް ހާއްސަ ރޯދަ ވީއްލުމެއް ބާއްވައިފި

މޯލްޑިވިއަން ޔޫތް ލީގްގެ ފަރާތުން ޒުވާނުންނަށް ހާއްސަ ރޯދަ ވީއްލުމެއް ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވިއަން ޔޫތް ލީގްގެ ފަރާތުން ޒުވާނުންނަށް ހާއްސަ ކޮށްގެން ރޯދަ ވީއްލުމެއް ބާއްވާފިއެވެ.

މިރޯދަ ވީއްލުން ބާއްވާފައިވަނީ އިއްޔެ އަރަބިއްޔާ ސްކޫލް ހޯލްގައެވެ.

ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި މި ރޯދަވީއްލުން ފެށުމުގެ ކުރިން ޢިލްމުވެރިންގެ އަގުހުރި ނަސޭހަތްތަކެއްވަނީ ޒުވާނުންނަށް ދެއްވާފައެވެ. އެގޮތުން މިރޯދަ ވީއްލުމުގައި ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައިދުއާއި، އައްޝައިޚް ހުސައިން އަބްދުﷲ ސައީދުއާއި އައްޝައިޚް މުޙައްމަދު ލަތީފްވަނީ ބައިވެރިވެ ޒުވާނުންނަށް ގުޅޭނެ ދާއިރާތަކުން ނަޞޭހަތާއި އިރުޝާދު ދެއްވާފައެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން މޯލްޑިވިއަން ޔޫތް ލީގްއިންވަނީ މިދިޔަ އަހަރުވެސް ރޯދަ ވީއްލުމެއް ބާއްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.