ރާއްޖޭގެ ޚަބަރު ޤާރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ޤުރުއާނާއި ބެހޭ މަރުކަޒުން ހުޅުވާލައިފި

ޤާރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ޤުރުއާނާއި ބެހޭ މަރުކަޒުން ހުޅުވާލައިފި

ޤާރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ޤުރުއާނާއި ބެހޭ މަރުކަޒުން ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކީރިތި ޤުރުޢާނާއި ބެހޭ މަރުކަޒުން 2015 ވަނަ އަހަރުގެ ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ ޤާރީ ކޯސް ލެވެލް 2 ގައި ބައިވެރިވުމުގެ ފުރުޞަތު އެމަރުކަޒުން ހުޅުވާލައިފިއެވެ.

އެމަރުކަޒުން ކޮށްފައިވާ އިޢުލާނެއްގައިވަނީ އެމަރުކަޒުން ހިންގާ ޤާރީ ކޯސް ލެވެލް 2 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި ބައިވެރިވުމަށް އެދޭ ފޯމު 28 ޖޫން 2015 ވާ އާދީއްތަ ދުވަހުން ފެށިގެން އެމަރުކަޒުން ދޫކުރަމުން ގެންދާނެކަމަށެވެ. ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 07 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު އެމަރުކަޒަށް ހުށަހެޅުމަށްވެސް އެއިއުލާނުގައިވެއެވެ.

ޤާރީ ކޯސް ލެވެލް 2 އަކީ 04 މަސްދުވަހުގެ މުއްދަތަށް ހިންގާ ކޯހެކެވެ. މިކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ ޤާރީ ކޯސް ލެވެލް 1 ނިންމާފައިވުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.