ރާއްޖޭގެ ޚަބަރު ބޭނުންޖެހިފައިވާ އާއިލާތަކަށް ނޫރުލްއިސްލާމް ޖަމިއްޔާއިން އެހީ ފޯރުކޮށްދެނީ

ބޭނުންޖެހިފައިވާ އާއިލާތަކަށް ނޫރުލްއިސްލާމް ޖަމިއްޔާއިން އެހީ ފޯރުކޮށްދެނީ

ބޭނުންޖެހިފައިވާ އާއިލާތަކަށް ނޫރުލްއިސްލާމް ޖަމިއްޔާއިން އެހީ ފޯރުކޮށްދެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިރިއުޅުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިކަން ބޭނުންވެފައިވާ އާއިލާ ތަކަށް ހިތަދޫ ނޫރުލްއިސްލާމް ޖަމިއްޔާއިން އެހީ ތެރިކަން ފޯރު ކޮށްދޭން ފަށައިފިއެވެ.

ކޮންމެ ރަމަޟާން މަހަކުވެސް ނޫރުލްއިސްލާމް ޖަމިއްޔާއިން ކުރިއަށް ގެންދާ މިޕްރޮގްރާމްގައި މިފަހަރު އެހީ ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރުމަށް ހުޅުވާލުމުން 30 ފަރާތަކުން ނަން ނޯޓު ކޮށްފައިވާ ކަމަށް އެޖަމިއްޔާއިން މައުލޫމާތު ދެއެވެ.

ނޫރުލްއިސްލާމް ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ނަން ނޯޓް ކުރި އާއިލާތަކަކީ ހަގީގަތުގައި ވެސް އެހީތެރިކަން ބޭނުންވާ ފަދަ އާއިލާތަކެއްތޯ ބެލުމަށް އެ ޖަމިއްޔާގެ އޮފިޝަލުން ނަން ނޯޓް ކުރި އާއިލާތަަކަށް ޒިޔާރަތްކޮށް އެ މީހުންގެ ހާލަތު ދިރާސާކޮށްފައިވާ ކަަމަށެވެ.

ނޫރުލް އިސްލާމް ޖަމިއްޔާ އިން ބުނީ އެހީގެ މަޝްރޫއުގެ ދަށުން، އެހީ ބޭނުންވާ ކޮންމެ އާއިލާއަކަށް 1،542ރ. ގެ ޕެކެޖެއް ހަވާލު ކުރެެވޭނެ ކަމަށެެވެ. އެ ޕެކެޖްގައި ރޯދަ މަހަށް ބޭނުންވާ ކާބޯތަކެތީގެ އެކި ބާވަތްތައް ހިމެނޭނެ އެވެ.

ނޫރުލް އިސްލާމުން ވަނީ މިދިޔަ އަހަރު ވެސް އެހީގެ ޕްރޮގްރާމްގެ ދަށުން ހިތަދޫގެ 13 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށް ދީފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.