މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ރަމަޟާން މަހުގެ ރޭތައް އިޚްޔާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ އިޚްޔާ ފޯރަމްގައި މާދަމާރޭ ވާހަކަދައްކަވާނީ ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާ ކަމަށް އެމިނިސްޓްރީއިން ހާމަކޮށްފިއެވެ.
ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާ ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ މައުޟޫއުއަކީ "އިސްލާމީ އިހްތިޞާސްގެ ތެރޭގައި އިޤްތިޞާދު ބިނާކުރުން" މެވެ.
ރަމަޟާން މަހުގެ ކޮންމެ ބުރާސްފަތި އަދި އާދީއްތަ ދުވަހުގެރޭ ކުރިއަށް ގެންދާ އިޚްޔާ ފޯރަމް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމް ގައެވެ.
މާދަމާރޭގެ ފޯރަމްވެސް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 09:15 ގައި ކަމަށާއި މިފޯރަމްވެސް ޓީވީއެމްއިން ވަގުތުން ދައްކާނެ ކަމަށް އެމިނިސްޓްރީއިން ހާމަކުރެއެވެ.
މިފޯރަމް އަކީ 1436 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަތަރުވަނަ އިޚްޔާ ފޯރަމްއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...