ރާއްޖޭގެ ޚަބަރު އިސްލާމް ދީން ނިކަމެތި ވެދާނެ އެއްވެސް ކަމަކަށްފުރުސަތު ނުދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެ

އިސްލާމް ދީން ނިކަމެތި ވެދާނެ އެއްވެސް ކަމަކަށްފުރުސަތު ނުދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެ

އިސްލާމް ދީން ނިކަމެތި ވެދާނެ އެއްވެސް ކަމަކަށްފުރުސަތު ނުދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމް ދީން ނިކަމެތި ވެދާނެ އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އުފައްދާ ދީނީ ފޮތްތަކާއި ރާއްޖެއަށް އެތެރެ ކުރާ ދީނީ ތަފާތު ލިޔުންތައް ބަލައި ފާސްކުރުމާއި، ކްލެސިފައިކުރުމާއި، އައިއެސްބީ ދޫކުރުމާއި ދީނީ ފޮތްތައް ޝާޢިއު ކުރުމުގެ ހުއްދަ ދޫކުރުމާއި ބެހޭ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނާއި ދެމެދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އިސްލާމީ ޢަޤީދާއާއި ޚިލާފު މައުލޫމާތު ހުންނަ ފޮތް މަދުމަދުން ނަމަވެސް އެތެރެވާ ކަމަށާއި، އެފަދަ ކަންކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައި ހުންނަ ބައެއް ތަކެތިވެސް މަދުން ނަމަވެސް ރާއްޖެ އެތެރެވާ ކަމަށާއި، އެފަދަ ބައެއް ފަރާތްތަކާއި މެދު ފިޔަވަޅުވެސް އެޅިފައި ހުރި ކަމަށެވެ.

އެހެން ކަމުން މިނޫން ވެސް މިފަދަ ކަންކަމުގެ ސަަބަބުން އިސްލާމް ދީނަށް ނިކަމެތި ކަމެއް ލިބިދާނެ ފަދަ ގޮތަކަށް އެއްވެސް ކަމެއް ހިނގުމުގެ ފުރުޞަތު ނުދެއްވާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށްވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.