އިސްލާމިކް ފައިނޭންސާއި ގުޅޭގޮތުން މިއަދު ބާއްވާ ޚާއްޞަ ލެކްޗަރއއަށް ވަނުން ޢާއްމުކޮށް ހުޅުވާލައިފިއެވެ.
އިސްލާމިކް ފައިނޭންސާއި ގުޅޭގޮތުން ހޭލުންތެރި ކުރުމަށް މިއަދު މެންދުރުފަހު 1400 އިން 1500 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވާ މި ޚާއްޞަ ތަޤުރީރު ދެއްވާނީ އިންޓަރނޭޝަނަލް ސެންޓަރ ފޮރ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނޭންސްގެ އޭސޯސިއޭޓް ޕްރޮފެސަރ ޑރ އަހުސިން ލައްސަސްނާ ކަމަށް މިކަން އިންތިޒާމްކުރާ ސީއެމްޑީއޭއިން ވަނީ ބުނެފައެވެ.
މި ލެކްޗަރ އަޑުއައްސަވަން ބޭނުންފުޅުވާ މިއަދުގެ މެންދުރު 1200 ޖެހުމުގެ ކުރިން އެކަން [email protected] އަށް އީމެއިލް ކުރައްވައިގެން ރަޖިސްޓްރީ ވުމަށް ސީއެމްޑީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
މިއަދުގެ ތަޤުރީރަކީ ފައިސާގެ މުޢާމަލާތްތައް އިސްލާމީ އުޞޫލު ތަކަށް ފެތޭގޮތަށް ކުރަން ބޭނުންފުޅުވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް އަގުހުރި ފުރުޞަތަކަށް ވާނެ ކަމަށް ސީއެމްޑީއޭއިން ވަނީ ބުނެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...