ރާއްޖޭގެ ޚަބަރު މުޖުތަމަޢުން މިއަދު ފެންނަނީ އުފާވެރި މަންޒަރެއް: ޕޮލިސް ކޮމިޝަނަރ

މުޖުތަމަޢުން މިއަދު ފެންނަނީ އުފާވެރި މަންޒަރެއް: ޕޮލިސް ކޮމިޝަނަރ

މުޖުތަމަޢުން މިއަދު ފެންނަނީ އުފާވެރި މަންޒަރެއް: ޕޮލިސް ކޮމިޝަނަރ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިއަދު ދިވެހި މުޖުތަމަޢުން ފެނިގެންދާންވީ ކުޑަކުދިންނަށް އެހީތެރިވެ، ދުވަސްވީ މީހުންނަށް އޯގާތެރިކަމާއެކު އަޅާލައި، ޒުވާނުންނަށް މަގުދައްކައިދޭ ރައްޔިތަކު ދިރިއުޅެމުންދާ ދިވެހި މުޖުތަމަޢެއް ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވެއްޖެއެވެ.

ސޮކަރ ވެޓްރަންސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މާލޭގައި ފެށި މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓަރ އިފްތިތާޙް ކޮށްދެއްވައި ޝަރަފުވެރި ކުރެއްވުމަށް ވަޑައިގެން ހެންވޭރު ބޯޅަދަނޑުގައި ހުންނަވައި ޕޮލިސް ލައިފަށް ދެއްވި ބަސްދީ ގަތުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ތުއްތު ކުދިންނާ ހަރުދަނާ މައިން ބަފައިންނާއި ދުވަސްވީ ހަރުމީހުން އެއްތަނަކަށް އެއްވެ ޒުވާން ފަންނާނުންގެ އެހީއާއެކު ކުޅިވަރު ކުޅެ އުފާވެރި ޝުޢޫރުތައް ފާޅުކުރަމުން މިއަދު ހެންވޭރު ދަނޑުން ފެނިގެން މިދަނީ ވަރަށް އުފާވެރި މަންޒަރެއް ކަމަށެވެ. މުޖުތަމަޢުގެ ކުރިއެރުމާއި ފައިދާހުރި ބަޔަކަށް މުޖުތަމަޢުގެ ފަރުދުން ވެގެންދަނީ އެބައިމީހުންގެ މެދުގައި އޮންނަ އެކުވެރިކަމާ އެއްބައިވަންތަ ޞުލްޙަވެރި ކަމުން ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މިފަދަ ތުއްތު ކުޅުންތެރިންނާ، އެކުޅުންތެރިންގެ ލޮބުވެތި ބެލެނިވެރިންނާ މިކަހަލަ މާޙައުލެއްގައި ބައްދަލުވުމަކީ ވަރަށް ޚާއްޞަ ކަމެއް ކަމަށާއި އަޅުގަނޑުމެންމެ މުޖުތަމަޢުން މިއަދު ފެނިގެންދާންވީ އަބަދުވެސް އުފާވެރި މަންޒަރުތައް ކަމަށާއި މިފަދަ ހިތްގައިމުކަމާ ހިނިތުންވުން ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުންގެ މިއަދުގެ މަސައްކަތުގެ ވައްޓަފާޅިވެސް ބައްޓަންކުރަމުން މިދަނީ ރައްޔިތުންނާ އެކު މަސައްކަތްކޮށް މުޅި ރާއްޖޭގައިވެސް މިފަދަ އުފާވެރި މާޙައުލެއް ޤާއިމް ކުރަމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކަމަށެވެ. މިމަސައްކަތުގައި ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނާއެކު އަބަދުވެސް ތިބިކަން އެއީ އަޅުގަނޑަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުމާއެކު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފުލުހުންވެސް މިދަނީ ސްކޫލުތަކުގެ ދަރިވަރުންނަށާ ޒުވާނުންނަށް ކުޅިވަރު ޕްރޮގްރާމްތަކާ އެކި ކަހަލަ ކޭމްޕުތަކާ ޙަރަކާތްތައް ބާއްވަމުންކަމަށެވެ. އެހެންކަމުން ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިއަދު މިފަދަ މަސައްކަތްތަކުގެ ނަތީޖާ ވަރަށް އުފާވެރި ގޮތެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.