ރާއްޖޭގެ ޚަބަރު ށ ފުނަދޫ ޑިންގީ އަކުން އާދަޔާ ޚިލާފު މަހެއް ބާނައިފި

ށ ފުނަދޫ ޑިންގީ އަކުން އާދަޔާ ޚިލާފު މަހެއް ބާނައިފި

ށ ފުނަދޫ ޑިންގީ އަކުން އާދަޔާ ޚިލާފު މަހެއް ބާނައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ށ ފުނަދޫ ޑިންގީ އަކުން އާދަޔާ ޚިލާފު މަހެއް ބާނައިފިއެވެ.

މި މަސް ބޭނި ށ ފުނަދޫ ފީރޯޒް ޙަސަން ފަލާހް ބުނީ މަސް ބޭނީ ށ ފަރުކޮޅާއި ދިމާގައި އޮންނަ ކަނދުފައްޗާއި ދިމާ ބޭރުން ސަތޭކަ މީޓަރު އަޑިއަށް ފައްތައިގެން ކަމަށެވެ.

ތޮޅިއެއްގެ ހަށިގަނޑު ލިބިފައިވާ ބިރުވެރި ދަތްތަކަކާއި ބޮލެއް ހުންނަ މި މަހުގެ މަޑުކަމުން މި މަސް އެންމެ ވައްތަރީ ކަނޑު ހަރުފަޔަކާއި ކަމަށް ވެސް ފަލާހު ބުންޏެވެ.

އޭނާ ބުނީ ތިން ފޫޓު ހުންނަވަރުގެ މި މަހަކީ ބުޅީގައި ގަތް މަހެއް ނޫން ކަމަށާއި، ބުޅީގައި ގަނެފައި އޮތް އެހެން މަހެއްގައި ދަތްއަޅައިގެން އޮއްވާ ޑިންގިއަށް ނެގި މަހެއް ކަމަށެވެ.

އަދި އާދަޔާ ޚިލާފު ބިރުވެރި އަނގަޔަކާއި ދަތްތަކެއް ހުންނަ މި މަސް ޑިންގީގައި ދިރޭ ގޮތަށް ބެހެއްޓުމުން ހަރަކާތް ކުރަނީ ހަރުފައެއް ގޮތަށް ކަމަށް ވެސް ފަލާހު ބުންޏެވެ.

އާދަޔާ ޚިލާފު މި މަހަކީ ދުނިޔެއިން ވެސް ވަރަށް މަދުން ފެންނަ ބާވަތެއްގެ މަހެއް ކަމަށް ދިއިސްލާމުން ބެލި ބެލުމުން އެނގުނެވެ. އަދި މި މަހަކީ ލެންސެޓް ފިޝް ކިޔާ މަހެއް ކަމަށާއި، މި މަހާއި ބެހޭ ގޮތުން އެކަށީގެންވާ ދިރާސާއެއްވެސް ކުރެވިފައި ނުވަނީ މި ބާވަތުގެ މަސް ފެންނަލެއް މަދުކަމުން ކަމަށް ބައެއް ވެބްސައިޓްތައް ބުނެއެވެ.

މީގެ މަސް އެންމެ ބޮޑުވެފައި ވަނީ ހަތް ފޫޓަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.