ރާއްޖޭގެ ޚަބަރު އަންނަ އަހަރުވެސް ސިފައިންނަށް ޚާއްޞަ ފްލެޓް ތަކެއް އަޅައިދެނީ

އަންނަ އަހަރުވެސް ސިފައިންނަށް ޚާއްޞަ ފްލެޓް ތަކެއް އަޅައިދެނީ

އަންނަ އަހަރުވެސް ސިފައިންނަށް ޚާއްޞަ ފްލެޓް ތަކެއް އަޅައިދެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންނަ އަހަރުވެސް ދިވެހި ސިފައިންނަށް ޚާއްޞަ ފްލެޓް ތަކެއް ސިފައިންގެ ޖަމިއްުޔާ މެދުވެރިކޮށް އަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ވެލްފެއަރ ކަންތައް ރަނގަޅު ކުރުމަށް ސިފައިންނަށް ޚާއްޞަ ކޮށްގެން އަޅާ 300 ފްލެޓް ޙަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ، ސިފައިންގެ ލަޝްކަރުގެ ސަފުތަކުގައި ގިނައީ އަތޮޅުތަކަށް ނިސްބަތްވާ ސިފައިން ކަމަށާއި، އެފަދަ ސިފައިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި ވަނީ މާލޭގައި ދިރިއުޅުމުގައި ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ.

އެހެން ކަމުން މި މައްސަލައަށް ޙައްލެއްގެ ހޯދުމުގެ ގޮތުން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން މިއަހަރު އަޅަން ނިންމާފައިވާ 300 ފްލެޓަކީ ސިފައިންގެ ވެލްފެއަރ ކަންތައް ރަނގަޅު ކުރުމުގެ ފެށުން ކަމަށާއި، މި އަންނަ އަހަރުވެސް މިފަދަ ޕްރޮޖެކްޓެއް ހިންގުމަށް ފެށުމަށް ރޭވިފައިވާ ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިއަންނަ އަހަރުގެ ތެރޭގައި ބަންޑާރަކޮށީގައި ސިފައިންގެ އެކޮމޮޑޭޝަނަށް ޚާއްޞަ ކުރެވިގެން އިމާރާތެއް ބިނާކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.