މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަމީހުން އެނބުރި އަންނަން ފަށައިފިއެވެ.
އެގޮތުން އެންމެ ފުރަތަމަ އައިސްފައިވަނީ ސިސިލްފަރު ހައްޖު ގްރޫޕްގެ ހަވާލުގައި ހައްޖަށް ދިޔަ 121 ހައްޖާޖީންނެވެ.
މީގެ އިތުރުން މިއަދު ވެސް ދެ ގުރޫޕެއްގެ ފަރާތުން ޙައްޖަށް ވަޑައިގެންނެވި ބޭފުޅުން މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އަންނަ މިއަދު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިނާ ހައްޖު އެންޑް އުމްރާ ގުރޫޕާއި، ފަތުހު ހައްޖު އެންޑް އުމްރާ ގުރޫޕަށް ފައިސާ ދެއްކެވި ބޭފުޅުންނެވެ.
އަދި އެކްރޯ ޖަމާއަތާއެކު ހައްޖަށް ވަޑައިގެންނެވި ބޭފުޅުން މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.
މޯލްދިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ވަޑައިގެންނެވި ބޭފުޅުން އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް މާލެ ވަޑައިގަންނަވާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...