މޫސުމަށް ސަމާލުވުމަށް ފުލުހުންނާއި ސިފައިންނާއި މެޓް އޮފީހުން އިލްތިމާސް ކޮށްފި އެވެ.
ކުރިއަށް އޮތް 24 ގަޑިއުރުގެތެރޭގައި ރާއްޖޭގެ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް އިން ލަފާ ކޮށްފައި ވާއިރު،
މެޓް އޮފީހުން ބުނީ، ރާއްޖޭގެ އުތުރަށާއި ދެ ކުނަށްވެސް ވިއްސާރަ ކުރާނެ ކަމަށާއި ގަޑިއަކު 17 މޭލް ބާރު މިނުގައި ވާޖެހޭނެ ކަަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވާ ގަދަ ވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. އަދި ކުރިއަށް އޮތް 24 ގަޑި އިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ރާއްޖޭގެ މޫސުން މާދަމާގެ ނިޔަލަށް ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފައި ވާއިރު، ދިވެހި ފުލުހުން ވެސް ވަނީ މިކަމަށް ސަަމާލު ވުމަށް އިލްތިމާސް ކުރައްވާފައެވެ.
ފުލުހުން ވިދާޅުވީ، ކުރިޔަށް އޮތް 24 ގަޑިއިރުތެރޭގައި ރާއްޖޭގެ މޫސުން ގޯސްވެ ވިދާ ގުގުރައި، ގަދަވަޔާއެކު ވާރޭވެހޭނެކަމަށް މޫސުމާބެހޭ އިދާރާއިން ޢާއްމުކޮށްފައިވުމާއެކު ހުރިހާ ފަރާތަކުންވެސް އެކަމަށް ސަމާލުކަންދެއްވައި ރައްޔިތުންނާއި މުދަލުގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސް ކުރައްވާ ކަމަށެވެ.
މޫސުން ގޯސްވެ ކަނޑުގަދަވެއްޖެނަމަ ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވާ ކަމުގެ ޔަޤީންކަން ހޯއްދެވުމަށްފަހުނޫނީ ދަތުރަށް ނުފެއްޓެވުމަކީ މުހިއްމު ކަމެއް ކަމަށާއި، ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ ފުރިހަމަ މަޢުލޫމާތު ހޯއްދަވައި ރޭގަނޑުގެ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނުކުރެއްވުމަށް ފުލުހުން ވަނީ ހަނދުމަފުޅުކޮށް އަރުވާފައެވެ. އެގޮތުން ކުރާ ދަތުރުތަކުގައިވެސް ރައްޔިތުންނާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ދަތުރު ކުރެއްވުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެމްއެންޑީއެފްއިން ވެސް ބުނެފައި ވަނީ، މިދުވަސް ވަރަކީ މި އަހަރުގެ އަޟްޙާ ޢީދު ބަންދާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް، މީހުން ދަތުރު ކުރާ ދުވަސް ވަރަކަށް ވީއިރު، ދަތުރުކުރައްވާ ހުރިހާ ފަރާތްތަކުން ވެސް މޫސުމާއިބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުތައް ރޭއްވެވުން ވަރަށް ވެސް މުހިންމު ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...