ރާއްޖޭގެ ޚަބަރު ފޭސްބުކްގައި ކީރިތި ގުރުއާނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލަތަކެއް ފުުލުހުން ބަލަނީ

ފޭސްބުކްގައި ކީރިތި ގުރުއާނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލަތަކެއް ފުުލުހުން ބަލަނީ

ފޭސްބުކްގައި ކީރިތި ގުރުއާނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލަތަކެއް ފުުލުހުން ބަލަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޭސްބުކްގައި ދިވެހިންގެ ބަޔަކު ކީރިތި ގުރުއާނަށާއި ރަސޫލާއަށް ފުރައްސާރަކުރި މައްސަލަތަކެއް ފުުލުހުން ބަލަން ފަށައިފިއެވެ.

ފުލުސް އޮފީހުން ވިދާޅުވީ، ފޭސްބުކާއި ސޯޝަލް މީޑިއާތަކުގައި ކީރިތި ގުރުއާނާއި، ކީރިތި ރަސޫލާ ( ޞޢވ ) އަށް ފުރައްސާރަ ކޮށްފައިވާ މައްސަލަތަކެއް ފުލުހުން ބަލަމުން ގެންދަނީ ވަކި ފަރާތަކުން ހުށަހަޅައިގެން ނޫން ކަމަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ބަލަން ފެށީ މިކަމާއި ގުޅިގެން ކުރިއަށް ދެވޭ ވަރަށް ހެކި ލިބިފައި ވާތީ ކަމަށެވެ.

މިފަދަ މުޑުދާރު ޢަމަލު ތަކެއް ހިންގީ ދިވެހި އަންހެން ކުއްޖަކު ކަމަށް ބުނެ އަންހެނެއްގެ ފޮޓޯ އާއި އެކު އޭނާ އާއި ގުޅޭ ތަފާތު މަޢުލޫމާތު ހިމެނޭ ޕޯސްޓަރެއްވެސް ސޯޝަލް މީޑިޔާގައި މިހާރު ވަނީ ދައުރުވާން ފަށާފައެވެ.

ފޭސްބުކްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކާޓޫނު ކުރަހާފައިވާ މައްސަލަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފަ އެވެ.

މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައްސަލަ ބަލައި އެފަދަ ޕޭޖްތައް ބްލޮކްކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވެސް ކުރިން ވަނީ ބުނެފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.